ނޭޕާލުގެ ނޮން-ރެޒިޑެންޓް ސަފީރަކަށް އަޒީމާ އައްޔަނުކުރަން ރުހުންދީފި

ނޭޕާލަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އަޒީމާ އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވުމުން މަޖިލީހުގެ މިއަދު ޖަލްސާގައި އެ ހުށަހެޅުން ފާސްވީ 59 މެންބަރުންގެ އިއްތިފާގުންނެވެ.

އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު، އައިޝަތު އަޒީމާއަށް ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރާއްޖޭން ނޭޕާލަށް ކަނޑައަޅައި ނޮން-ރެޒިޑެންޓް ސަފީރަކަށް، އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު، އައިޝަތު އަޒީމާ އައްޔަނުކުރަން، ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ނޭޕާލަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އަޒީމާ އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވުމުން މަޖިލީހުގެ މިއަދު ޖަލްސާގައި އެ ހުށަހެޅުން ފާސްވީ 59 މެންބަރުންގެ އިއްތިފާގުންނެވެ.

ނޭޕާލްގެ އިތުރުން އަޔަލެންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު އިރުތިޝާމް އާދަމް އައްޔަން ކުރުމަށާއި އަދި ބެލްޖިއަމް އަދި އދ. ގައި ހުންނަވާ ސަފީރު ގީލާ އަލީ ޔޫކްރެއިންއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ރުހުން ހޯދަން ވެސް މަޖިލީހަށް ފޮނުއްވާފައިވެ އެވެ.

ނަމަވެސް، އެ ދެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން އަދި ތަޅުމާ ހަމައަކަށް ނާދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.