ސުޕްރީމް ކޯޓަށް ހަމީދާއި ސަލީމް އައްޔަނުކުރަން މަޖިލީހުން ރުހުންދީފި

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޖުޑީޝަރީން ކޮމިޓީން ނިންމި ގޮތަށް، އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަނުކުރަން މަޖިލީހުން ރުހުންދީފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓަށް އައްޔަނުކުރަން މަޖިލީހަށް ފޮނުއްވާފައިވާ ހަމީދާއި ސަލީމް. --ފޮޓޯ: މިހާރު

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް އައްޔަންކުރަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ލަފާ ދީފައިވާ ދެ ބޭފުޅުން އައްޔަނުކުރަން، ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ސުޕްރީމް ކޯޓުގެ ދެ މަގާމަށް ހުޅުވައިލުމުން ޖުމްލަ 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކޮށްފައިވާއިރު، އެންމެ ގިނައިން މާކްސް ދިނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ.

ޖޭއެސްސީގެ ލަފާ އާ އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ ވެސް އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށެވެ.

އެ ދެ ބޭފުޅުންގެ ނަން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު ނިންމާފައިވަނީ، ސުޕްރީމް ކޯޓަށް އެ ދެ ބޭފުޅުން ވެސް އައްޔަނުކުރަން ފެންނަ ކަމަށެވެ. 

އެއާ އެކު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޖުޑީޝަރީން ކޮމިޓީން ނިންމި ގޮތަށް، އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަނުކުރަން މަޖިލީހުން ރުހުންދީފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. 

ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.  ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރު އެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދަކީ އެ ކޯޓުގައި ވަރަށް ގިނަ އަހަރު ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ފަނޑިޔާރުކަން ކުރެއްވި އެވެ. ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މި ދެ މަގާމު ހުސްވީ، ސުލޫކީ މައްސަލައެއް ސާބިތުވެ، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު މަޖިލީހުން ވަކިކުރުމާ ގުޅިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.