ނަވީން މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރު އެވެ. ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ފުލުހުންގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އިސްމާއިލް ނަވީން، މިއަދު އައްޔަންކުރައްވައިފި އެވެ.
ނަވީން މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރު އެވެ. ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ފުލުހުންގެ ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ސެންޓްރަލް ޕޮލީސިން ކޮމާންޑްގެ ވެރިޔާގެ މަގާމުގެ އިތުރުން، ފޮރެންސިކް ސާވިސަސް ޑިރެކްޓަރޭޓް މަގާމު ފުރުއްވާފަ އެވެ.
ނަވީން ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮތަމްބްރިޔާއިން ބެޗެލާ އޮފް ލޯ ހާސިލުކުރައްވާފަ އެވެ.
ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމު ހަވާލުކުރެއްވުމުގެ ކުރިން، އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދެވީ ވެސް ނަވީން އެވެ. އެ މަސްއޫލިއްޔަތުތައް ނަވީން އާ ހަވާލުކުރެއްވީ، ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވި އަލީ ޝުޖާއު، ކުއްލި ގޮތަކަށް ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.