މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އިހަވަންދިއްޕޮޅަށް ހުދު ސަމާލު

މޫސުމާ ބެހޭ އޮފީހުން ބުނީ ހއ. އަދި ހދ. އަށް މޫސުން ގޯސް ކަމަށްވާ ގަޑިއިރު 19 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ގަދަވާނެ ކަމަށެވެ.

މޫސުން ގޯސްވެ ކަނޑު ގަދަ ވެފައި: ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސް -- ފޮޓޯ: ދަ މިރާ

މޫސުން ގޯސްވާނެ ކަމަށް ބަލައި\އިހަވަންދިއްޕޮޅުގައި ހިމެނޭ ހއ. އަދި ހދ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ. 

މޫސުމާ ބެހޭ އޮފީހުން ބުނީ ހއ. އަދި ހދ. އަށް މޫސުން ގޯސް ކަމަށްވާ ގަޑިއިރު 19 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ގަދަވާނެ ކަމަށެވެ. 

މިއީ ހުޅަނދު މޫސުމުގެ ފަސް ވަނަ ނަކަތް ކަމަށްވާ މިޔަހެލި ނަކަތެވެ. މި ނަކަތް ދެމިގެންދާނީ މިމަހުގެ 16-3 ގެ ނިޔަލަށެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 11 ނޯޓިކަލް މޭލުގަ އެވެ. އެއީ ގަޑިއަކު 20.37 ކިލޯމީޓަރުގެ ބާރު މިނެވެ. މިއީ މަސްވެރިކަން ދަށް ނަކަތެކެވެ.

ހުދު ސަމާލު - މި ސަމާލު ނެރެނީ އެއް ގަޑިއިރު ތެރޭ 05 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 05 މިލިމީޓަރު ވެހޭނެ ކަމަށް އަންދާޒާކޮށްފަ އެވެ. އަދި ފާހަގަކުރެވޭ ވަރަށް ގުގުރުން އަދި މިފަދަ ގޮތަކަށް ގުގުރާނެ ކަމަށް ލަފާކުރެވުމުންނެވެ. އަދި މި ސަމާލު ނެރެނީ ވައި އަދި ކަނޑު ފާއިތުވި ތިން ގަޑިއިރު 19-12 މޭލަށް ނުވަތަ ފާއިތުވި އެއް ގަޑއިރު 11-17 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުންނެވެ. އަދި ވިލާގަނޑުގައި ވައިގަދަވުން ގަޑިއަކު 50 މޭލަށް ވައި ގަދަވުން ގާތެވެ. މީގެ އިތުރުން އުދަ އުދަ އެރިކަމަށް ރިޕޯޓުލިބުން ނުވަތަ އަރާނެކަމަށް ލަފާކުރެވުން (އަސަރުކުރާނެވަރު ކުޑަކަމަށް ބެލެވުން) ވުމުންވެސް މި ސަމާލު ނެރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.