ކެޓްރީނާއަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފިލްމީ ތަރި އެވެ. އަދި ބްލޮކްބަސްޓާ ގިނަ ފިލްމްތަކެއްގައި ހަރަކާތްތެރިވާ ހުނަރުވެރިއެކެވެ.
ރާއްޖޭގެ ޓޫރިޒަމް ދުނިޔޭގައި އިޝްތިހާރު ކުރަން ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް އިންޑިއާގެ އެންމެ މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފި އެވެ.
ރާއްޖެ އިސްތިހާރު ކުރަން އެމްއެމްޕީއާރުސީ އިން ފަށާފައިވާ "'ސަމާ ސޭލް" ކެމްޕެއިންއާ ދިމާކޮށް ބޮލީވުޑްގެ އެންމެ މަޝްހޫރު ފިލްމީ ތަރި ކަމަށްވާ ކެޓްރީނާ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރުމަށް ދުނިޔޭގެ ގިނަ ފަތުރުވެރިންނަށް ހިތްވަރު ދިނުމެވެ.
ކެޓްރީނާ ކައިފަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަންނާނެއް އަދި އެވޯޑް ހާސިލްކޮށްފައިވާ ވިޔަފާރިވެރިއެކެވެ. ބްލޮކްބަސްޓާ ފިލްމުތަކުގެ މަޝްހޫރު ފިލްމްތައް ކުޅެ ޝަރަފުވެރި ގިނަ އެވޯޑްތަކެއް ހޯދާފަ އެވެ. އިންޑިއާގެ ސިނަމާއަށް އޭނާ ކޮށްދީފައިވާ ހިދުމަތްތަކަކީ ވަރަށް ފުރިހަމަ ހިދުމަތްތަކެކެވެ. މީގެ ވިޔަފާރީގައި އަންހެނުންގެ ދައުރު ކަނޑައެޅުމުގެ ގޮތުން އޭނާ ވަނީ ވިޔަފާރިވެރިކަމުގެ ހުނަރު ދައްކައިފަ އެވެ.
ފޯބްސް އައިކަން އޮފް އެކްސެލެންސްގެ ޝަރަފު ހާސިލްކޮށްފައިވާ ކެޓްރީނާ ވަނީ ވިޔަފާރި އާއި މުނިފޫހިފިލުވުމުގެ ގުޅުމުގައި އޭނާއަކީ ލީޑިން ވޮއިސްއެއްކަން ސާބިތުކޮށްދީފަ އެވެ.
ރާއްޖޭގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރުގެ ކެޓްރީނާ ބުނީ މި ޝަރަފާއެކު ރާއްޖޭގެ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއްކަމަށާއި ސަނީ ސައިޑް އޮފް ލައިފްގެ އިސްތިހާރު ކުރުމުގައި ހަރަކާތްތެރިވާނެ އެވެ. މީގެއިތުރުން ކެޓްރީނާ ބުނިގޮތުގައި މި ޕާޓްނާޝިޕްގެ މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނާއި ފޭނުންނަށް ދަތުރުފަތުރުގެ އެންމެ ފުރިހަމަ ތަޖުރިބާތައް ލިބެނީ ރާއްޖޭންކަން ދައްކުވައި ދިނުމެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ މި މަގާމަށް ކެޓްރީނާފަދަ ނުފޫޒުގަދަ ބޭފުޅެއް ހަމަޖެއްސުމާ މެދު އުފާކުރައްވާ ގްލޯބަަލް ބްރޭންޑް އެމްބެސެޑަރު ކެޓްރީނާއަށް މަރުހަބާ ކިޔާފަ އެވެ.
"ހާއްސަކޮށް ދުނިޔޭގެ މުހިންމު މާކެޓުތަކުގައި އަޅުގަނޑުމެންގެ ސަމާ ސޭލް ޕްރޮމޯޝަން ފަށައިގަންނައިރު ކެޓްރީނާގެ ހިތްގައިމު ކެރެކްޓާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންނާ ގެންގުޅޭ ގާތް ގުޅުމުގެ ސަބަބުން އޭނާއަކީ ފާއިތުވި ފަސް އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން ކަމަށްވާ ސަނީ ސައިޑް އޮފް ލައިފްއަށް ވަރަށް އެކަށީގެންވާ، ނަމޫނާ އެމްބެސެޑަރެއްކަން ޔަގީން." ޝިއުރީ ވިދާޅުވި އެވެ.
ސަމާ ސޭލް ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަގްޒަރީ ރިސޯޓްތަކާއި ބުޓިކް ގެސްޓްހައުސްތަކާއި އާއިތަކަށް އެންމެ ރަނގަޅު އެކޮމޮޑޭޝަންތަކުގައި އެކްސްކްލޫސިވް އޮފާތަކާއި އަގުހުރި ޑީލްތައް ދައްކާލައެވެ. އިނގިރޭސިވިލާތް ރަޝިއާ އަދި ސީއައިއެސް، ޑީއޭސީއެޗް ސަރަހައްދު، އިޓަލީ، ޕޮލެންޑް، ސްޕެއިން އަދި އިންޑިއާ ފަދަ ދުނިޔޭގެ ބޮޑެތި މާކެޓްތަކުގައި މި ކެންޕޭން ކުރިއަށްދާނެއެވެ. މި ތަފާތު އަދި ޒަމާނީ ހަރަކާތްތައް ފަރުމާކޮށްފައިވަނީ ހޫނު މޫސުމުގައި ދަތުރުކުރުމަށް ބޭނުންވާ ފަތުރުވެރިންނަށް ހާއްސަކޮށްގެންނެއެވެ. އަދި މި ކެންޕޭންގެ މަގުސަދުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންސް އިތުރަށް ހަރުދަނާކޮށް، 2025 ވަނަ އަހަރުގެ ހޫނު މޫސުމާއި އޭގެ ފަހުންވެސް ބުކިންތައް އިތުރުކުރުމަށް ކުރާ މަސައްކަތުގެ މައްޗަށް އަލި އަޅުވާލުން ވެސް ހިމެނެއެވެ.