ރައުދުގެ މައްޗަށް ކުރީ ޔުމްނު ވެއްޓުނުކަން އެނގިހުރެ އެހީނުވުމުގެ ދައުވާ

މި ދައުވާ ސާބިތުވެއްޖެނަމަ، ރައުދުގެ މައްޗަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރައުދު އަހުމަދު ޒިލާލް މީގެ ކުރިން ދޫނިދޫއަށް ގެންދަނީ -- ފޮޓޯ: އެކްސް

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި، ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާކޮށް، ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން ބުނީ، ރައުދުގެ މައްޗަށް ކުރަނީ، ގާނޫނުލްއުގޫބާތުގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އެއީ، ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުންހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީ އާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި ދައުވާ ސާބިތުވެއްޖެނަމަ، ރައުދުގެ މައްޗަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. 

ހ. މިޓާޒްގޭ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ ހާދިސާ ހިނގިތާ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މި މައްސަލައާ ގުޅިގެން ރައުދު ހައްޔަރުކޮށްފައި ވަނީ މިހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

އޭގެފަހުން އެކި ފަހަރު މަތިން ރައުދުގެ ބަންދުގެ މުއްދަތު އިތުރުކުރަމުން އައިސް، އޭނާ ބަންދުން ދޫކޮށްލުމަށްފަހު، އޭނާ ވަނީ ހަމަ އެ ދުވަހު އަލުން ހައްޔަރުކޮށްފަ އެވެ.

މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ރައުދު ބަންދުން ދޫކޮށްލީ ޕީޖީގެ އިރުޝާދުގެ ދަށުން، ކުރެވޭ ދައުވާގައި ލިބިދާނެ ކަމަށް ބެލެވޭ އަދަބަށް ވުރެ އިތުރުވާނެތީ ކަމަށް ޕީޖީން ބުންޏެވެ. 

ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކޮށްފަ އެވެ. ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހު ވަގުތާ ޖެހެންދެން ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. އެމަންޒަރުތައް ފެންނަ ސީސީޓީވީ ފުޓޭޖްތައް ފުލުހުން ކުރިން ވަނީ ދައްކާފަ އެވެ.

މި މައްސަލަ ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވާފަ އެވެ. އެކޮމިޝަނުން މިހާރު ވަނީ ރައުދުއާ ބައްދަލުކޮށް ސުވާލު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.