ދީނީ އިލްމުވެރިޔާ ޝެއިހް ފަރީދު އަވަހަރާވެއްޖެ

ޝެއިހް ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި ބޭފުޅެކެވެ، އަދި އެ މަނިކުފާނަކީ ދަރުސް ދެއްވާއިރު އާދަޔާ ހިލާފު ޖޯޝެއްގައި ގިނަ ބަޔަކު ޝައުގުވެރިވާ ގޮތަށް ދަރުސް ދެއްވާ ޝެއިހެކެވެ.

ދީނީ އިލްމުވެރިޔާ ކަމަށްވާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދު -- މިއަދު

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ދީނީ އިލްމުވެރިޔާ ކަމަށްވާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދު ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެ އެވެ.

"މިރާ" އަށް އެނގިފައިވާ ގޮތުގައި ޝެއިހް ފަރީދު އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައި މެލޭޝިއާއަށް ވަޑައިގެންނެވިތަނުން އެއާޕޯޓުގައި ހުންނަވަނިކޮށެވެ. ޝެއިހު މެލޭޝިއާއަށް ވަޑައިގަތީ އަމިއްލަ ޖަމިއްޔާއަކާ ގުޅިގެން ދަރުސެއް ދެވުމަށެވެ.  

ޝެއިހް ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި ބޭފުޅެކެވެ، އަދި އެ މަނިކުފާނަކީ ދަރުސް ދެއްވާއިރު އާދަޔާ ހިލާފު ޖޯޝެއްގައި ގިނަ ބަޔަކު ޝައުގުވެރިވާ ގޮތަށް ދަރުސް ދެއްވާ ޝެއިހެކެވެ. މީގެ އިތުރުން ޝެއިހު ފަރީދުއަކީމަޝްހޫރު އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނިވަޑައިގެންވި ބޭފުޅެކެވެ. އަދި އެމްޑީޕީ އުފެއްދުމުގައިވެސް އެންމެ އިސް ސަފުގައި ހަރަކާތްތެރިވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.