މާރިޗު މަހު ރާއްޖޭގެ ރިޒާވް ހުރީ 791.0 މިލިއަން ޑޮލަރުގަ އެވެ. މިއީ 234.3 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ މެއި މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވުގައި 856.3 މިލިއަން ޑޮލަރު ހުރި ކަމަށް މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައިިފި އެވެ.
މަރުކަޒީ ބޭންކް އިން ނެރޭ އިކޮނޮމިކް އަޕްޑޭޓް (އީޔޫ) ގެ މެއި މަހުގެ އަދަދުގައިވާ ގޮތުން މެއިގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވްއަކީ 856.3 މިލިއަން ޑޮލަރެވެ.ނަމަވެސް މާރިޗު މަހު ރާއްޖޭގެ ރިޒާވް ހުރީ 791.0 މިލިއަން ޑޮލަރުގަ އެވެ. މިއީ 234.3 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
ޖުމްލަ ރިޒާވްގައި 800 މިލިއަން ޑޮލަރު ހުރިނަމަވެސް އެވްރެޖުކޮށް ރާއްޖޭގެ ޔޫސަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވްގައި ހުންނަނީ ދެ މަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ. އެވްރެޖުކޮށް ހުންނަނީ 150 މިލިއަން ޑޮލަރެވެ. މިހާތަނަށް ޔޫޒަބަލް ރިޒާވް މަތިވެފައިވަނީ 250 މިލިއަން ޑޮލަރަށެވެ.
ރިޒާވް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖޫން މަހު ރިޒާވުން ޚަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުމެވެ. މި އަދި، ބޭރު ފައިސާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2024/R-91)ގެ ދަށުން ގެނެވުނު ބަދަލާއެކު މި މުއްދަތުގެ ތެރޭގައި އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާ އިތުރުވެފައި ވުމަކީ ވެސް މީގެ އެއް ސަބަބެވެ.