މައްސަލަ ހައްލުކޮށް، ފުނަދޫ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފި

އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން މިއަދު ވަނީ ދީފަ އެވެ.

ފުނަދޫ އެއާޕޯޓް : ފްލައިޓްތައް ވަނީ ކެންސަލްކޮށްފަ -- ސަން ފޮޓޯ

ށ. ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި އެ އެއާޕޯޓް ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު މައްސަލަ ހައްލުކޮށް އަލުން އޮޕަރޭޝަންނަށް ގެނެވިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފި އެވެ.

ފުނަދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑައިލަން ޖެހުނީ، އެތަނުގައި ބޭނުންކުރާ ފަޔާ ވެހިކަލަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އެއާއެކު، މިއަދު އެއާޕޯޓަށް މޯލްޑިވިއަނުން ޝެޑިއުލްކުރި ފްލައިޓުތައް ވެސް ވަނީ ނ. މާފަރަށް ޑައިވާޓުކޮށްފަ އެވެ.

އާރުއޭސީލްގެ މިހާރުގެ މެނޭޖުމަންޓުން ހަވާލުވިއިރުވެސް، ކުންފުނިން ބަލަހައްޓަމުން އަންނަ ހުރިހާ އެއާޕޯޓްތަކެއްގައިވެސް ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔަރ ޓްރަކްތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

"ނަމަވެސް، މި ޓްރަކްތައް ހޯދުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި. އެމްއޭސީއެލް އާއި އަދި ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން މި މަސައްކަތް ކުރިއަށްދާނެ،" ކުންފުނިން ބުންޏެވެ.

"މިއީ ކުރީގެ ސަރުކާރުތަކުން މި އެއާޕޯޓްތަކަށް އަޅާނުލައި ފަރުވާ ކުޑަކުރުމުގެ ނަތީޖާ. އެތައްދުވަހެއް ވީއިރުވެސް އެއާޕޯރޓްތަކުގައި ހުރި ބައު ފަޔަރ ޓްރަކުތައް ވަނީ އާނުކުރެވި."

އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން މިއަދު ވަނީ ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.