މިދިޔަ އަހަރު ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ހަމަވީ، ޖޫން މަހުގެ 27 ގަ އެވެ. އެއީ އެންމެ އަވަހަށް އެއް މިލިއަން ޓޫރިސްޓުން ހަމަކުރި ރެކޯޑެކެވެ.
މި އަހަރުގެ މިހާތަނަށް އެއް މިލިއަން ޓޫރިސްޓުންނަށް މަރުހަބާ ކިޔައި، މިދިޔަ އަހަރު ގާއިމުކުރި ރެކޯޑު މުގުރާލައިފި އެވެ.
މިއަދުގެ ވަގުތެއްގައި އެއް މިލިއަން ވަނަ ޓޫރިސްޓުގެ ގޮތުގައި ހޮވުނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގް އެވެ. އޭނާ ރާއްޖެ އަށް ކުރި ފުރަތަމަ ދަތުރުގައި އިންޑިގޯއިން އޭނާ ޗުއްޓީ ހޭދަކުރުމަށް އައީ ފިރިމީހާއާ އެކު ބަނޑޮސް އައިލެންޑް ރިސޯޓަށެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ހަމަވީ، ޖޫން މަހުގެ 27 ގަ އެވެ. އެއީ އެންމެ އަވަހަށް އެއް މިލިއަން ޓޫރިސްޓުން ހަމަކުރި ރެކޯޑެކެވެ.
ނަމަވެސް، އޭގެ 20 ދުވަސް ކުރިން، މި އަހަރު އެއް މިލިއަން ޓޫރިސްޓުން ހަމަކޮށް، މިދިޔަ އަހަރު ގާއިމުކުރި ރެކޯޑު ވަނީ މުގުރާލެވިފަ އެވެ.
މިގޮތުން، މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް ވަނީ 8.4 ޕަސެންޓުގެ އިތުރުވުމެއް ދަމަހައްޓަމުންނެވެ.
ސަރުކާރުން ވަނީ މި އަހަރު ރާއްޖޭގެ ޓޫރިޒަމަށް 2.3 މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށް އަންދާޒާކޮށްފަ އެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް ކާމިޔާބު އަހަރެވެ. މިދިޔަ އަހަރު މިހާތަނަށް ޓޫރިޒަމްގެ 50 އަހަރުގައި އައި އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ދެ މިލިއަން ޓޫރިސްޓުންނެވެ.