އީދު ދުވަހު މަނާ ގަޑީގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާކުރި

ފުލުހުން ރޭ ބުނީ، ވެހިކަލް ދުއްވުން މަނާ ވަގުތުގައި ވެހިކަލް ދުއްވައިގެން 141 މީހަކަށް ނަސޭހަތްދީފައިވާ ކަމަށާއި 11 މީހަކު ޖޫރިމަނާ ވެސް ކޮށްފައިވާ ކަމަށެވެ.

ޓްރެފިކް ފުލުހުންތަކެއް ސައިކަލެއް ޗެކު ކުރަނީ --

އިއްޔެ ފާހަގަކުރި އަޟްހާ އީދު ދުވަހު، މާލޭގައި ވެހިކަލް ދުއްވަން މަނާކުރި ގަޑީގައި، ވެހިކަލްގައި އުޅުނު 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ އީދު ދުވަހުގެ ހަރަކާތްތަކަށް މަގުފަހިކުރަން، އިއްޔެގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ގްރޭޓާ މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާވާނެކަމަށް އަންގައިފަ އެވެ.

ނަމަވެސް، ސިޓީ ކައުންސިލުގެ ނިންމުމުގެ މައްޗަށް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ގަޑިތަކުގައި ވެހިކަލް ދުއްވުން މަނާވާނީ މާލޭގެ އިތުރުން ވިލިމާލޭގައި އެކަނި ކަމަށް ފަހުން ކަނޑައަޅައިފަ އެވެ.

ފުލުހުން ރޭ ބުނީ، ވެހިކަލް ދުއްވުން މަނާ ވަގުތުގައި ވެހިކަލް ދުއްވައިގެން 141 މީހަކަށް ނަސޭހަތްދީފައިވާ ކަމަށާއި 11 މީހަކު ޖޫރިމަނާ ވެސް ކޮށްފައިވާ ކަމަށެވެ.

އެ ގަޑީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ތިން ވެހިކަލެއް ޓޯ ވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއީ، ނުރައްކާތެރިކޮށް ދުއްވައިގެންނާއި ލައިސެންސްގެ މުއްދަތު ހަމަވެފައި އޮއްވައި ދުއްވައިގެންނާއި ލައިސަންސް ނެތި ދުއްވައިގެން ކަމަށް ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.