ހުޅުމާލޭގައި ރޭ ކުލަގަދަކޮށް އީދުގެ ހަރަކާތްތައް ފެށިއިރު މި ޕްރޮގްރާމްތައް ފައްޓަވައި ދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފު ޖަމީލު އެވެ.
މި އަހަރުގެ ބޮޑު އީދު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަ ކުރާން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އީދު ކުޅިވަރުތައް ފަށައިފި އެވެ.
ހުޅުމާލޭގައި ރޭ ކުލަގަދަކޮށް އީދުގެ ހަރަކާތްތައް ފެށިއިރު މިއަދު ވަނީ ހުޅުމާލެ ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ވެސް ބާއްވާފަ އެވެ. ހުޅުމާލޭގައި ރޭ ފެށި އީދު ކުޅިވަރިތައް ފައްޓަވައި ދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފު ޖަމީލު އެވެ.
ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އިން ބުނީ އީދު ފާހަގަ ކުރުން ފަށާނީ މިއަދުން ގެށިގެންނެވެ. މިގޮތުން ފުރަތަމަ އޮންނާނީ ވެދުމާ ދިއުމުގެ ނަމުގައި އިހުޒަމާނުގައި އޮންނަ ހަރަކާތެވެ. ވެދުމާ ދިޔުން، އީދު ހުޅު އަދި ބޮޑުބެރާއެކު މި ހަރަކާތް އޮންނާނީ ރުއްގަނޑު އެކެއްގަ އެވެ. މި ހަރަކާތް އޮންނާނީ 20:30، ހުޅުމާލެ 2 ގެ ޗެނަލް ބީޗް 21:00 ގަ އެވެ.