އިމާރާތް ކުރާއިރު އިންޝުއަރެންސް ކުރަން ލާޒިމްކޮށްފި

މި އިސްލާހުގައިވާ ގޮތުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު ވަށައިގެންވާ މާހައުލާއި މަސައްކަތު މީހުން އަދި އިމާރާތްތަކާއި ބިނާރުތަކާއި ހިނގާބިނގާވެ އުޅޭ ފަރާތްތައް ވެސް މި ޕެކޭޖުން ކަވަރު ވާން ލާޒިމްކުރެ އެވެ.

ރަށެއްގައި އިމާރާތެއްގެ މަސައްކަތް ކުރަނީ : އިމާރާތް ކުރުމުގެ ދާއިރާ ވެސް ވަނީ ކުރިއަރަން ފަށާފަ -- މިރާ

އިމާރާތް ކުރަމުން ދާއިރު ވަށައިގެންވާ ސަރަހައްދާއި ހިނގާ އުޅޭ މީހުންނަށް ބަދަލު ލިބޭނެ އިންޝުއަރެންސް ޕްލޭނެއް ނަގަން ލާޒިމްކޮށްފި އެވެ.  

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ޢިމާރާތްކުރުމުގެ ޢަމަލ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދަށް ގެނެސްފައިވާ ފަސްވަނަ އިސްލާހާއެކު އިންޝުއަރެންސް ޕެކޭޖެއް ނަގަން ލާޒިމްކޮށްފައިވެ އެވެ. 

މި އިސްލާހުގައިވާ ގޮތުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު ވަށައިގެންވާ މާހައުލާއި މަސައްކަތު
މީހުން އަދި ޢިމާރާތްތަކާއި ބިނާރުތަކާއި ހިނގާބިނގާވެ އުޅޭ ފަރާތްތައް ވެސް މި ޕެކޭޖުން ކަވަރު ވާން ލާޒިމްކުރެ އެވެ. 

މި ގަވައިދުގައިވާ ގޮތުން މި އިންޝުއަރެންސް ޕެކޭޖަކީ މުދަލާއި އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ދިނުމަށް ޓަކައި މި ކަންކަން ހިމެނޭގޮތަށް އޮންނަ ޕްރޮޖެކްޓަކަށް ކަވަރޭޖް ލިބޭގޮތަށް އިންޝުއަރަންސް ކަވަރޭޖަކަށްވާން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.