މި އަހަރުގެ ބޮޑު އީދު އެޗްޑީސީ އިން ކުލަގަދަކޮށް ފާހަގަ ކުރާނެ

ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އިން ބުނީ އީދު ފާހަގަ ކުރުން ފަށާނީ މިއަދުން ގެށިގެންނެވެ. މިގޮތުން ފުރަތަމަ އޮންނާނީ ވެދުމާ ދިއުމުގެ ނަމުގައި އިހުޒަމާނުގައި އޮންނަ ހަރަކާތެވެ.

ކުޅުމާލޭގައި ކުޑަ އީދު ފާހަގަ ކުރަން ބޭއްވި ހަރަކާތްތައް -- އެޗްޑީސީ

މި އަހަރުގެ ބޮޑު އީދު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަ ކުރާން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ. 

ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އިން ބުނީ އީދު ފާހަގަ ކުރުން ފަށާނީ މިއަދުން ގެށިގެންނެވެ. މިގޮތުން ފުރަތަމަ އޮންނާނީ ވެދުމާ ދިއުމުގެ ނަމުގައި އިހުޒަމާނުގައި އޮންނަ ހަރަކާތެވެ. ވެދުމާ ދިޔުން، އީދު ހުޅު އަދި ބޮޑުބެރާއެކު މި ހަރަކާތް އޮންނާނީ ރުއްގަނޑު އެކެއްގަ އެވެ. މި ހަރަކާތް އޮންނާނީ 20:30، ހުޅުމާލެ 2 ގެ ޗެނަލް ބީޗް 21:00 ގަ އެވެ.

ހުޅުމާލޭގައި ބާއްވާ އީދު ފާހަގަ ކުރުމުގެ ހަރަކާތްތައް

  • ޖޫން 05: ވެދުމާ ދިޔުން، އީދު ހުޅު، ބޮޑުބެރު ( ރުއްގަނޑު 1 20:30، ހުޅުމާލެ 2 ގެ ޗެނަލް ބީޗް 21:00)
  • ޖޫން 06: އުލްހިޔާ ކަތިލުން އަދި އީދު ބޮނޑިބަތް ( ހުޅުމާލޭ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގަ، އީދު ނަމާދަށްފަހު)
  • ޖޫން 06: ވޯޓާ ސްޕޯޓްސް އިވެންޓް (16:00 އިން 17:30 އަށް، ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގަ)
  • ޖޫން 06 - ޖޫން 08: ކުޑަކުދިންގެ ހަވީރު ( ހުޅުމާލޭ ސެންޓްރަލް ޕާކު އަދި ހިޔާ ޕާކު ސަރަހައްދުގައި)

ކޮންމެ އަހަރެއްވެސް އީދު ކުލަގަދަ ގޮތެއްގައި ހުޅުމާލޭގައި ފާހަގަ ކުރެ އެވެ. މިދިޔަ ކުޑަ އީދުވެސް ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަ ކުރި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.