މިނާގައި ދިވެހި ހައްޖާޖީން ތިބޭ ޓެންޓް މި އަހަރު ވަނީ ފުރިހަމަ ގިނަ ބަދަލު ތަކެއް ގެނެސްފަ އެވެ. މިނާގައި ހައްޖާޖީން ތިބޭ ފޭލިގޭގައި ކޮންމެ މީހަކަށް އިށީނދެ އަދި އޮށޯވެލެވޭނެ ފަދަ ގޮނޑިއެއްގެ އިތުރުން ހިދުމަތް ފުރިހަމައެވެ.
ރާއްޖޭގެ ހުރިހާ ހައްޖުވެރިން މިނާ އަށް ގޮސްފައިވާއިރު އެ ތަނުން ހައްޖާޖީނަށް ހާއްސަކޮށް ދީފައިވާ އިންތިޒާމުތައް ފުރިހަމަކަން ފާހަގަކޮށްފި އެވެ.
ރާއްޖޭން ފުރަތަމަ ފަހަރަށް މައްކާ ރޫޓުން މި އަހަރު ހައްޖުގެ މާތް އަޅުކަން އަދާކުރަން 1000 ހައްޖާއީން މައްކާއަށް ގޮސްފައިވާއިރު އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަނުން ވަނީ ފުރިހަމަ އިންތިޒާމު ތަކެއް ކޮށްފަ އެވެ. މި ވަގުތު ދިވެހި ހައްޖާޖީން ތިބީ މިނާގަ އެވެ. ހައްޖާޖީން މިނާ އަށް ދަތުރުކޮށްފައިވަނީ އެކަމަށް ހާއްސަކޮށްފައިވާ 21 ބަހުގަ އެވެ.
މިނާގައި ދިވެހި ހައްޖާޖީން ތިބޭ ޓެންޓް މި އަހަރު ވަނީ ފުރިހަމަ ގިނަ ބަދަލު ތަކެއް ގެނެސްފަ އެވެ. މިނާގައި ހައްޖާޖީން ތިބޭ ފޭލިގޭގައި ކޮންމެ މީހަކަށް އިށީނދެ އަދި އޮށޯވެލެވޭނެ ފަދަ ގޮނޑިއެއް ހުރިއިރު ފޭލިގޭގައި ލުއި ކާނާ އާއި ކޮފީ އަދި ލުއި ބުއިންތައް ބަހައްޓާފައިވެ އެވެ.
ހައްޖުގެ މަޝާއިރުތައް ފަށަނީ މައްކާގެ ސަރަޙައްދާއެކު މިނާއިން ނެވެ. ހައްޖު މަހުގެ 8 ވަނަ ދުވަހު މިނާގައި މަޑު ކުރުމަށްފަހު އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާ ވެސް އެނބުރި މިނާ އަށް ދާނެ އެވެ. އަދި ހައްޖު މަހުގެ 11،12 އަދި 13 ވަނަ ދުވަސް ވެސް ހޭދަކުރަނީ މިނާގަ އެވެ.
ދިވެހި ހައްޖާޖީން މި ފަހަރު މައްކާ ރޫޓުން ހައްޖަށް ގޮސްފައިވާއިރު މިއީ ސައޫދީ އަރަބިއްޔާ އިން ހާއްސަ އިންތިޒާމުތަކަކާއެކު ހައްޖުގެ އަޅުކަން އަދާކުވޭ ގޮތަށް ހަމަޖައްސާފައިވާ ރޫޓެކެވެ. މިގޮތުން މި އިންތިޒާމުގެ ދަށުން ހައްޖާޖީންގެ އިމިގްރޭޝަން ކަންކަން ފުރިހަމަ ކުރާނީ އެބައެއްގެ ގައުމުގެ އެއާޕޯޓުގަ އެވެ. އަދި ހައްޖާޖީން ސައޫދީއަށް އެތެރެވުމަށްފަހު އިތުރު ޗެއިންއާއި އިމިގްރޭޝަން ޕްރޮސެސްއެއް ނެތި ސީދާ ދާނީ ހޮޓަލަށެވެ.