އޭޝިއާގެ ބޮޑު ސްކޭމް ނެޓްވޯކެއް ދިވެހި ފުލުހުންގެ އެހީ އާއެކު ހުއްޓުވައިފި

އެ ނެޓްވޯކު ހުއްޓުވައި، 32،000 ބޭންކް އެކައުންޓު ފްރީޒްކޮށް، އުމުރުން 14 އަހަރާއި 81 އަހަރާ ދެމެދުގެ 1،858 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ހޮންކޮންގް ފުލުހުން ބުންޏެވެ.

ސްކޭމް ކޯލުތަކަށް ސަމާލުވާން ހަދާފައިވާ ފޮޓޯއެއް

އޭޝިޔާ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި އޮންލައިން ސްކޭމްތައް ހިންގި ފުޅާ ނެޓްވޯކެއް ދިވެހި ފުލުހުންގެ ވެސް އެހީތެރިކަމާއެކު ހުއްޓުވައި، އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފި އެވެ. 

ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ ބޮޑު ސްކޭމެއް ހުއްޓުވީ ރާއްޖޭގެ އިތުރުން ހޮންކޮންގާއި ސިންގަޕޫރާއި ދެކުނު ކޮރެއާ އާއި ތައިލެންޑާއި މެލޭޝިޔާ އަދި މަކައުގެ ފުލުހުންގެ އިދާރާގެ ބައިވެރިވުމާއެކު ކަމަށް، މި އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވި ހޮންކޮންގް ފުލުހުން ބުނެފައިވެ އެވެ.

މިދިޔަ އޭޕްރީލް މަހުން ފެށިގެން އެއް މަސް ދުވަހަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 9،000 އަށް ވުރެ ގިނަ ސްކޭމާ ގުޅޭ ރިޕޯޓުތައް މި ގައުމުތައް ގުޅިގެން ވަނީ ތަހުގީގުކޮށްފަ އެވެ.

އެ ނެޓްވޯކު ހުއްޓުވައި، 32،000 ބޭންކް އެކައުންޓު ފްރީޒްކޮށް، އުމުރުން 14 އަހަރާއި 81 އަހަރާ ދެމެދުގެ 1،858 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ހޮންކޮންގް ފުލުހުން ބުންޏެވެ. 

މި ނެޓްވޯކުން ސްކޭމް ހިންގާފައިވަނީ އޮންލައިން ޝޮޕިން އާއި ފޯނާއި އިންވެސްޓްމަންޓާއި އޮޅުވާލައިގެން ވަޒީފާ ހޯދުމާއި ދިނުމުގެ ކަންކަމުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.