މިދިޔަ މަހު ޓޫރިޒަމަށް 13.1 ޕަސެންޓުގެ ކުރިއެރުމެއް

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ރާއްޖެއަށް 135,614 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައިސްފައިވަނީ 119,873 ޓޫރިސްޓުންނެވެ. އަދި 2023 ވަނަ އަހަރު އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 120,959 ގަ އެވެ.

ރަށެއްގައި ޓޫރިސްޓުންތަކެއް އެކްސްކާޝަންއަށް ދިއުމުގެ ކުރިން މަޑުކޮށްލައިގެން -- މިރާ

މިދިޔަ މަހު ރާއްޖޭގެ ޓޫރިޒަމަށް 13.1 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ. 

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރުމަންޓް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ރާއްޖެއަށް 135,614 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައިސްފައިވަނީ 119,873 ޓޫރިސްޓުންނެވެ. އަދި 2023 ވަނަ އަހަރު އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 120,959 ގަ އެވެ. 

މިިދިޔަ މަހު ޖުމްލަކޮށް ރާއްޖޭގެ ޓޫރިޒަމަށް އަޅާބަލާއިރު 13.1 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މުޅި މަހަށް ބަލާއިރު ރާއްޖެ އަށް އެވްރެޖުކޮށް އަންނަ ޓޫރިސްޓުންގެ އަދަދު އުޅެނީ 4,375 ގަ އެވެ.

މުޅި މަހަށް ބަލާއިރު އެންމެ ގިނައިން ޓޫރިސްަޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އަދި ދެވަނާގައި އޮތީ ރަޝިއާ އެވެ. 

ޓޫރިސްޓުން ގިނައިން އައި ފަސް ގައުމު

  • ޗައިނާ - 116,482 ޓޫރިސްޓުން
  • ރަޝިއާ - 105,913 ޓޫރިސްޓުން
  • ޔޫކޭ - 99,035 ޓޫރިސްޓުން
  • އިޓަލީ - 81,679 ޓޫރިސްޓުން
  • ޖަރުމަނީ - 73,953 ޓޫރިސްޓުން

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޖުމްލަ 970,845 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް އައިސްފައިވާ  895,762 ޓޫރިސްޓުންނާ އަޅާބަލާއިރު 8.4 ޕަސެންޓުގެ އިތުރުވުމެކެވެ. 

ސަރުކާރުން ވަނީ މި އަހަރު ރާއްޖޭގެ ޓޫރިޒަމަށް 2.3 މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށް އަންދާޒާކޮށްފަ އެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް ކާމިޔާބު އަހަރެވެ. މިދިޔަ އަހަރު މިހާތަނަށް ޓޫރިޒަމްގެ 50 އަހަރުގައި އައި އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ދެ މިލިއަން ޓޫރިސްޓުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.