މިއަދު ހަވީރު މައްކާގައި ތިބި ދިވެހި ހައްޖުވެރިންނާ ބައްދަލުކޮށްލައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހައްޖަށް ދާއިރު ޖަހާ ވެކްސިން ވެސް އެމީހެއްގެ ރަށުގައި ތިބެ، ހިލޭ ޖެހޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
ދިވެހިން ހައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު މައްކާގައި ތިބި ދިވެހި ހައްޖުވެރިންނާ ބައްދަލުކޮށްލައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހައްޖަށް ދާއިރު ޖަހާ ވެކްސިން ވެސް އެމީހެއްގެ ރަށުގައި ތިބެ، ހިލޭ ޖެހޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި، ހައްޖަށް ދާއިރު ބޭނުންވާ އެހެނިހެން މެޑިކަލް ކަންކަން ވެސް ރަށުގައި ތިބެގެން ހިލޭ ކުރެވޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ހައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ދިވެހި ހައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރާތް ކުރައްވައި، ހައްޖުވެރިންނާ ބައްދަލުކޮށްލައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހީން ހައްޖަށް ފުރީއްސުރެ އެނބުރި ރާއްޖެ ދެވެންދެން ހުރިހާ ކަމެއް ވީހާވެސް ފުރިހަމައަށް ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.
އޭގެ އިތުރުން، ދިވެހި ހައްޖުވެރިން މިނާގައި ތިބުން އަޕްގްރޭޑްކޮށް، ހިދުމަތާއި އިންތިޒާމުތައް ކުރިއަށްވުރެ މަތިކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި، ދިވެހިންނަށް ހާއްސަ ކްލިނިކެއްވެސް ގާއިމުކޮށް ދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދިވެހި ހައްޖާޖީން ތިބޭ ހޮޓަލަށް މިއަދު މި ކުރެއްވި ޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ވަނީ ވަކިވަކި ހައްޖާޖީންނާ ބައްދަލު ކުރައްވައި އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
ސައުދީ ސަރުކާރުން ވަނީ މައްކާ ރޫޓް އިނިޝިއޭޓިވްގައި މިއަހަރު ރާއްޖެ ހިމަނާފަ އެވެ. އޭގެ ސަބަބުން ދިވެހި ހައްޖާޖީންނަށް ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ލިބިފަ އެވެ.