އދ.ގެ އާންމު މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވެއްޖެ

މިރޭ ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި، އެ މަގާމަށް ރާއްޖެ އިންތިހާބުވެފައިވަނީ، އޭޝިޔާ ޕެސިފިކްގެ ގައުމުތަކަށް ހާއްސަކޮށްފައިވާ ފަސް ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށެވެ.

އދ.ގެ އާންމު މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ ނައިބު ރައީސްކަމުގެ މަގާމަށް ރާއްޖެ އިންތިހާބު ވެއްޖެ އެވެ.

މިރޭ ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި، އެ މަގާމަށް ރާއްޖެ އިންތިހާބުވެފައިވަނީ، އޭޝިޔާ ޕެސިފިކްގެ ގައުމުތަކަށް ހާއްސަކޮށްފައިވާ ފަސް ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށެވެ.

މި ސަރަހައްދުން ބާކީ ހަތަރު ގޮނޑި ކާމިޔާބުކޮށްފައިވަނީ ބަންގްލަދޭޝް، ލުބުނާން، ސައޫދީ އަރަބިއްޔާ އަދި ޓިމޯ-ލެސްޓް އިންނެވެ.  

އދ.ގެ އާންމު މަޖިލީހުގެ ނައިބު ރައީސުންގެ މައިގަނޑު މަސްއޫލިއްޔަތަކީ، އެ ސެޝަންގެ ރައީސެއް ނެތް ހާލަތެއްގައި، ނުވަތަ ރައީސަށް ސެޝަންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިނުގެންނެވޭ ހާލަތެއްގައި، ވަގުތީ ރައީސްގެ ހައިސިއްޔަތުން، ރައީސްގެ ޒިންމާތައް އަދާކުރުމެވެ.

މީގެ އިތުރުން އދ.ގައި ހިނގާ މުހިންމު އަދި ބޮޑެތި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ މަސައްކަތް ވެސް ނައިބު ރައީސުންނާ ހަވާލުކުރައްވަ އެވެ. އަދި ސަފީރުންނާއި ތަޖުރިބާކާރުންނާއެކު ބާއްވާ އދ.ގެ ނުރަސްމީ ޕްލެނަރީ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ވެސް ލިބެ އެވެ.

ރާއްޖެއަށް އދ.ގެ މެމްބަރުކަން ލިބުނުތާ 60 އަހަރު ފުރުން ފާހަގަކުރާ އަހަރެއްގައި، އދ.ގެ މިފަދަ މަގާމަކަށް ރާއްޖެ އިންތިހާބުވުމަކީ ހާއްސަ ކާމިޔާބީއެއްގެ ގޮތުގައި ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ކާމިޔާބީ ފާހަގަކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ވަނީ، އދ.ގެ ގައުމުތަކާ ގުޅިގެން އާންމު މަޖިލީހުގެ 80 ވަނަ ސެޝަން ކާމިޔާބު މަސައްކަތްތަކެއް ކުރެވޭ ސެޝަނަކަށް ހެދުމުގައި ރާއްޖޭން ފުރިހަމައަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. 

އަދި އދ.ގެ މެމްބަރުކަމުގައި 60 އަހަރު ފުރޭ މި އަހަރުގެ ތެރޭގައި، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކޮށް، ވަރުގަދަކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ވަނީ ދެއްވައިފަ އެވެ. 

މި މަގާމަށް ހޮވޭ ގައުމުތަކުން މި މަސްއޫލިއްޔަތު އަދާކުރާނީ، އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. 

މިއީ މި ސަރުކާރުގައި، ބައިނަލްއަގްވާމީ އިންތިހާބެއްގައި ވާދަކޮށް، ރާއްޖެ ހޮވުނު ތިންވަނަ ފަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.