މާލީ އިދާރާތަކަށް ލައިންސަންސް ދޭ އުސޫލު މަރުކަޒީ ބޭންކުން ކިޔައިދީފި

ލައިސަންސް ދިނުމުގައި ބަލަނީ ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަމަށާއި ސޯސް އޮފް ކެޕިޓަލްއަށާއި ހިއްސާދާރުންނާއި ސީނިއަ މެނޭޖްމެންޓްގެ ފިޓް އެންޑް ޕްރޮޕާ އަށާއި ހުށަހަޅާފައިވާ ބިޒްނަސް ޕްލޭން އަށެވެ.

ގަވަރުނަރު އަހްމަދު މުނައްވަރު

މާލީ އިދާރާތަކަށް ލައިންސް ދިނުމުގައި އަމަލުކުރާ އުސޫލު ނޭނގި ބައެއް ނޫސްތަކުގައި ހަބަރު ފަތުރަމުންދާތީ އެކަމުގައި ޒަމާނުއްސުރެން ފެށިގެން އަމަލު ކުރަމުން ގެންދާ އުސޫލު މަރުކަޒީ ބޭންކުން ކިޔައިދީފި އެވެ.

ދާދިފަހުން ބޭންކުގެ ވިޔަފާރި ރާއްޖޭގައި ފަށަން ދެ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ލިޔުން ހަވާލު ކުރުމާ ބެހޭ ގޮތުން އެމްއެމްއޭއިން ބުނީ ބޭންކިން ލައިސަންސް ދޫކުރުމުގައި މި އޮތޯރިޓީން އަމަލުކުރާ އިޖުރާއަތުތަކާގުޅޭ ގޮތުން އާންމުންނަށް އޮޅޭ ގޮތަށް އަދި މި އޮތޯރިޓީން ހިންގާ ލައިސަންސިން ނިޒާމުގެ ނަޒާހަތްތެރިކަން ގެއްލޭ ގޮތަށް ތެދު ނޫން މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ ބޭންކިން ގާނޫނުގައިވާ ގޮތުން އެ އޮތޯރިޓީން ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރުމުގައި ތިން މަރުހަލާއަކަށް އަމަލުކުރާ ކަމަށެވެ.

އަމަލުކުރާ ތިން މަރުހަލާ

  • 1.ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ މަރުޙަލާ
  • 2.ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގެ މަރުޙަލާ
  • 3.ލައިސަންސް ދިނުމު މަރުހަލާ


އެމްއެމްއޭ އިން ބުނީ ލައިސަންސް އަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގައި މި އޮތޯރިޓީން ބަލާނީ ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަމަށާއި ސޯސް އޮފް ކެޕިޓަލްއަށާއި ހިއްސާދާރުންނާއި ސީނިއަ މެނޭޖްމެންޓްގެ ފިޓް އެންޑް ޕްރޮޕާ އަށާއި ހުށަހަޅާފައިވާ ބިޒްނަސް ޕްލޭން އަށެވެ.

"މި މަރުޙަލާގައި ހުށަހެޅުން ފުރަތަމަ ވަޒަންކުރާނ، މި އޮތޯރިޓީގެ ލައިސަންސިންގ ސެކްޝަނުންނެވެ.
ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިން އަށެވެ. އަދި މި ކޮމިޓީން ހުށަހެޅުން ވަޒަންކުރުމަށްފަހު އެ މި ސެކްޝަނުން ހުށަހެޅުން ވަޒަންކުރުމަށްފަހު އެ ހުށަހެޅުމާއި އެ ސެކްޝަނުގެ ލަފާ ގެންދާނީ މި އޮތޯރިޓީގެ އެޑްވައިޒަރީ
ކޮމިޓީގެ ލަފަޔާއެކު ގަވަރުނަރަށް ހުށަހެޅުމުން އެ ހުށަހެޅުން އޮތޯރިޓީގެ ބޯޑަށް ހުށަހަޅައި ލައިސަންސް ދިނުމާގުޅޭ ގޮތުން ގޮތެއް
ނިންމާނީ އޮތޯރިޓީގެ ބޯޑުންނެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

ލައިސަސް ދޭން ނިންމައިފިނަމަ އަމަލުކުރާ ގޮތް - އޮތޯރިޓީގެ ބޯޑުން ލައިސަންސް ދިނުމަށް ނިންމައިފިނަމަ ލައިސަންސްއަށް އެދި ހުށަހެޅި ފަރާތަށް ފުރަތަމަ ދޫކުރާނީ "ކޮންޑިޝަނަލް" ހުއްދައެކެވެ، މީގެ ބޭނުމަކ، ވަކި ކަންކަމެއް ފުރިހަމަ ކުރުމަށް މިސާލަކަށް ކުންފުނި ރަޖިސްޓާ ކުރުމަށާއި އައިޓީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށާއި ތަން އޮޕަރޭޝަނަލައިޒްކުރުމަށް މުއްދަތެއް ދިނުމެވެ. އަދި މި މުއްދަތުގެ ތެރޭގައި ބޭންކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފިނަމ،ަ އޮތޯރިޓީން އެތަނެއް އެސެސްކުރުމަށްފަހު އޮޕަރޭޝަން ފެށުމަށް ލައިސަންސް ދޫކުރާނެ އެވެ.

މަރުކަޒީ ބޭންކުން ބނީ ބޭންކިން ލައިސަންސްއަކަށް އެދި އޮތޯރިޓީއަށް ހުށަހަޅާ ހުށަހެޅުމަކަށް މަތީގައި ދެންނެވި މަރުޙަލާގެ ދަށުން ބޯޑުން ހުއްދަ ނުދިނުމަށް ނިންމި ނަމަވެސް އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން "ކޫލިން އޯފް ޕީރިއަޑް" އެއް ޤާނޫނުން ލާޒިމުނުކުރާތީ އަލުން ލައިސަންސް އަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ. މިގޮތުން އަލުން ލައިސަންސް އަށް އެދި ހުށަހެޅުމުން އައު އެޕްލިކޭޝަނެއްގެ ގޮތުގައި އެ ހުށަހެޅުން ވަޒަންކުރުމަށް ޓަކައ،ި މުޅި އިވެލުއޭޝަން މަރުޙަލާ އަލުން ހިންގޭނެ އެވެ. 

"ލައިސަންސް ދޫކުރެވޭނ،ީ އިވެލުއޭޝަންގެ ހުރިހާ މަރުޙަލާތަކެއް ފުރިހަމަކުރުމަށްފަހ،ު ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ ކަންކަން
ފުރިހަމަވާކަމަށް ބޯޑުން ނިންމައ،ި ލައިސަންސް ދިނުމަށް ބޯޑުން ނިންމުމުންނެވެ،" މަރުކަޒީ ބޭންކް އިން ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ މާލީ ދާއިރާ ހަރުދަނާކަންމަތީ ކުރިއަށް ގެންދިއުމަށާއި މި ދާއިރާގެ ނަޒާހަތްތެރިކަން ހުރިހާ ހަރުފަތެއްގައި ވެސް ޤާއިމްކުރާކަން ކަށަވަރުކުރުމަކީ މި އޮތޯރިޓީން އަބަދު ވެސް އެންމެ އިސް އަހަންމިއްޔަތުކަމެއްދޭ ކަމެއް ކަމަށާ މިގޮތުން ރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް މި އޮތޯރިޓީން ލައިސަންސް ދޫކުރާނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމުގައި މި އޮތޯރިޓީން ޔަޤީންކަން ދޭ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.