ސޮލީބުތައް ޖަހައި ރާއްޖޭގައި ހެލޮވީން ފާހަގަ ކުރި މައްސަލައެއް

މީގެ ކުރިން ވެސް ޝައިހު ވަނީ މިފަދަ ބައެއް ކަންކަން ތަކުރާރުކޮށް ސަމާލު ކަމަށް ގެނެސްދެއްވާފަ އެވެ. ނިޝާނަކީ ޖޫން 21 ގައި ބޭއްވި ޔޯގާ އިވެންޓާ ދެކޮޅު ހަދައި ހުއްޓުވަން ގޮވާލާ ނުކުންނެވި އިލްމުވެރިންގެ ތެރެއިން ބޭފުޅެކެވެ.

ނިޝާން އާންމު ކުރެއްވި ވީޑިއޯއިން ކެޕްޗާކޮށްފައިވާ ހެލޮވީންގެ މަންޒަރެއް

ރާއްޖޭގައި ސޮލީބާއި ނަސޯރާ ދީނުގެ ޝިއާރުތައް ހިމަނައިގެން ހެލޮވީން ފާހަގަ ކޮށްފި އެވެ. ރާއްޖޭގައި ހެލޮވީން ފާހަގަ ކުރާ މަންޒަރުތައް ފެންނަ ވީޑިއޯއަކާއެކު އެކަން ސަމާލު ކަމަށް ގެނެސްފައި ވަނީ ފަހަކަށް އައިސް ރާއްޖޭގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯއްދަވާފައިވާ ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިހު އާދަމް ނިޝާނެވެ.

ނިޝާން ވީޑިއޯއެއް ޓްވިޓާގައި ހިއްސާ ކުރައްވާފައި ވާއިރު އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި ސަލީބުތައް ޖަހައިގެން ނަސޯރާ ދީނުގެ ފެސްޓިވަލްތައް ފާޅުގައި ފާހަގަ ކުރަމުން ގެންދާ ކަމަށެވެ. ނިޝާން އާންމު ކުރި އެ ވީޑިއޯއިން ފެންނަނީ ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލޭންޑްގެ ގައި ހިންގި ހަރަކާތެއްގެ މަންޒަރުތައް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ހެލޮވީން ފެސްޓިވަލަކީ އޮކްޓޫބަރު ފަހުކޮޅުން ފަށައި ނޮވެމްބަރު އެއްވަނަ ދުވަހާއި ހަމައަށް ނަސޯރާއިންގެ ދީނީ އީދެކެވެ. މި އީދުގައި ނަސޯރާ ދީނުގެ ޝިއާރުތަކާއެކު ޕާޓީ ކޮށް ހަދަ އެވެ.

ނިޝާންގެ ޓްވީޓް

ނިޝާން ތުހުމަތުތައް ކުރައްވާ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ސަރުކާރުން ސިއްރު އެޖެންޑާތައް މިހާރު މިދަނީ ފާޅުގައި ތަންފީޒު ކުރަމުން ކަމަށެވެ.

"... މިދީބުގެ މުސްލިމް އަހުންނާއި އުހުތުންނޭ! މި އެމްޑީއެން ސަރުކާރުގެ ސިއްރު އެޖެންޑާތައް މިހާރު މިދަނީ ފާޅުގައި ތަންފީޒު ކުރަމުން. މިކުފުރާއި ޝިރުކުން މިފަސްގަނޑު ނަޖިސް ކުރަމުން ދާއިރު، އަޅުގަނޑުމެން މިކަމާއި ހަމަ އަޅައިވެސް ނުލާ ތިބެންވީތޯ؟ މިއަދު މިކަންކަން ވަރިހަމަ ކޮށްލައިގެން ތިބެއްޖެނަމަ މާދަމާ މިކަމުގެ ހިތި ދެކޭނެ،" ނިޝާން ވިދާޅުވެފައި ވެއެވެ.

ނިޝާންގެ އިތުރު ޓްވީޓެއް

ހެލޮވީން ޕާޓީގެ މައްސަލަ ނިޝާން ފާހަގަ ކުރި އިރު އޭނާ ވަނީ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ފާޅުގައި ނަސޯރާ ދީނުގެ ކްރިސްމަސް ޕްރޮމޯޓް ކުރާ ކަމަށް ތުހުމަތު ކުރައްވާ އެ ޔުނިވާސިޓީގެ ހަރަކާތްތަކެއް ހިމެނޭ ޕޯސްޓަރުތަކެއް ވެސް ހިއްސާކޮށްފަ އެވެ.

އޭނާ ވިދާޅުވެފައި ވެއެވެ: "... ނަޞާރާއިން ފާހަގަކުރާ އެމީހުންގެ އެންމެ ބޮޑު ދީނީ އީދު ކަމުގައިވާ ކްރިސްމަސް އޮތް އިރު، މި އިޝްތިހާރު ބޯޑުގައި ހުރި ހުރިހާ ކުރެހުމަކީ ކްރިސްމަސް ސެލެބްރޭޓް ކުރާ ކުރެހުންތަކަށް ވުމަކީ އިއްތިފާގެއް ނޫން. މިއީ މިދީބުގައި އެހެން ދީންތައް ފެތުރުމަށް، ކޯއެގްޒިސްޓެންސްއާއި ޓޮލަރެންސްގެ ނަމުގައި މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް ބޮޑަށް ރޭވިގެން ހިންގަމުންދާ ކަންކަން،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޝައިހު ވަނީ މިފަދަ ބައެއް ކަންކަން ތަކުރާރުކޮށް ސަމާލު ކަމަށް ގެނެސް ދީފަ އެވެ. ނިޝާނަކީ ޖޫން 21 ގައި ބޭއްވި ޔޯގާ އިވެންޓާ ދެކޮޅު ހަދައި ހުއްޓުވަން ގޮވާލާ ނުކުންނެވި އިލްމުވެރިންގެ ތެރެއިން ބޭފުޅެކެވެ. އެކަމާ ގުޅުުވައި ދައުލަތުން އޭނާގެ މައްޗަށް މިހާރު ދައުވާއެއްކޮށް ޝަރީއަތް ފަށާފަ އެވެ. އެއީ ޓެރަރިޒަމް ހިންގަން ހިތްވަރު ދިން ކަމަށް ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.