މި ލޯނު ފަރުމާކޮށްފައިވަނީ އަންހެނުންނަށެވެ. އަދި ލޯނުގެ 25 ޕަސެންޓް ދޭނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
އެސްއެމްއީ ޑިވްލޮޕްމަންޓް ބޭންކް (އެސްއެމްއީ ބޭންކް) އިން އަންހެނުންނަށް ހާއްސަކޮށް ދޫކުރާ 100 މިލއަން ރުފިޔާގެ ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެސްޑީއެފްސީ އިން ބުނީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ހާއްސަ ލޯން ސްކީމެއް ތަޢާރަފުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ވައުދާ އެއްގޮތަށް އެސްޑީއެފްސީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ލޯނެއް ކަމަށެވެ.
ފަށާ މަދަދު ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައި ގަންނަނީ މިމަހުގެ ވަނަ ދުވަހުގެ ނިޔަލަށެވެ.
އެސްއެމްއީ ބޭންކުން މިއީ މި ލޯނު ދޫކުރާ ފަސް ވަނަ ފަހަރެވެ. މި ލޯނުގެ 25 ޕަސެންޓް ދޫކުރަން ހަމަޖެހިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.