ޔޫކްރޭނަށް އައްޔަނުކުރަން ރައީސް ހުށަހަޅުއްވާފައިވަނީ، ބެލްޖިއަމް އާއި އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. ސަލްމާ ރަޝީދެވެ.
ޔޫކްރޭނާ އެކު ތިން ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
ޔޫކްރޭނަށް އައްޔަނުކުރަން ރައީސް ހުށަހަޅުއްވާފައިވަނީ، ބެލްޖިއަމް އާއި އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. ސަލްމާ ރަޝީދެވެ.
މީގެއިތުރުން، ނޭޕާލްގެ ނޮން-ރެޒިޑެންޓް ސަފީރަކަށް، އިންޑިއާގައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ އަދި އަޔަލެންޑަށް، ޔޫކޭގައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް އައްޔަކުރަން ވެސް ރައީސް ވަނީ ހުށަހަޅުއްވައިފަ އެވެ.
އެ ތިން ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.