މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް 45 މިނެޓު ތެރޭގައި ކަރަންޓް ދެވޭނެ

އެންމެ ފަހުގެ އަޕްޑޭޓް ހިއްސާކުރަމުން ސްޓެލްކޯ އިން ބުނީ ގްރޭޓާ މާލޭ އިންޓަ ކަނެކްޝަންގެ ހުޅުލޭގެ ޓްރާންސްފޯމަރުތައް ފިޔަވައި މާލެ އާއި ހުޅުމާލޭގެ ބޮޑެތި ޓްރާންސްފޯމަރުތައް މިހާރު ވަނީ އެނަޖައިޒް ކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯ --

ކުރިއަށް އޮތް 45 މިނެޓު ނުވަތަ އިރުއޮއްސުމުގެ ކުރިން މިހާރު މާލެ ސަރަހައްދުގައި ކަރަންޓު ނުދެވި ހުރި ތަންތަނަށް ކަރަންޓު ދެވޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު މެންދުރު ވަނީ މުޅި މާލޭންނާއި ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ގޮސްފަ އެވެ.

ކަރަންޓު ދިއުމުގެ ސަަބަބުން މާލޭގެ ސްކޫލްތަކުގެ ކިޔެވުން ހުއްޓާލައި ކުދިން ގެއަށް ފޮނުވާލަން ޖެހުނެވެ. ކަރަންޓް ކެނޑުމަށްފަހު ސްޓެލްކޯ އިން އެންމެ އިސްކަމެއްގެ ގޮތުގައި ކްރިޓިކަލް އިންފްރާސްޓްރަކްޗާ އާއި ހޮސްޕިޓަލްތަކަށް ވަނީ ކަރަންޓު ދީފަ އެވެ.

އެންމެ ފަހުގެ އަޕްޑޭޓް ހިއްސާކުރަމުން ސްޓެލްކޯ އިން ބުނީ ގްރޭޓާ މާލޭ އިންޓަ ކަނެކްޝަންގެ ހުޅުލޭގެ ޓްރާންސްފޯމަރުތައް ފިޔަވައި މާލެ އާއި ހުޅުމާލޭގެ ބޮޑެތި ޓްރާންސްފޯމަރުތައް މިހާރު ވަނީ އެނަޖައިޒް ކޮށްފައިވާ ކަމަށެވެ.

އެއާއެކު، މާލެ އާއި ހުޅުމާލެ އިން ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. މިހާރު ވަނީ ވަރަށް ބޮޑު ބަޔަކަށް ކަރަންޓު ދީފަ އެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ނޭންގޭ ކަމަށެވެ. ކަރަންޓު ކެނޑުމާއެކު މަސައްކަތް ފެށީ އަވަހަށް ކަރަންޓު ދިނުމަށް ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.