މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފި

ސްޓެލްކޯގެ މީޑިއޯ އޮފިޝަލް އަހުމަދު މުހައްމަދު ވިދާޅުވީ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފައިވާ ކަމަށާ އަދި ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

ސްޓެލްކޯ މުވައްޒަފެއް މަސައްކަތް ކުރަނީ -- ސްޓެލްކޯ

މާލެ ސަރަހައްދުން ކަރަންޓު ކެނޑިފައި އޮންނަތާ ގަޑިއިރެއް ފަހުން މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށައިފި އެވެ. 

މާލެ އާއި ހުޅުމާލެ ހިމެނޭހެން ކަރަންޓު ގޮސްފައިވަނީ މެންދުރުވާން އުޅެނިކޮށެވެ. ކަރަންޓު ދިއުމުގެ ސަބަބުން އާއްމު ދިރިއުޅުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އަދި ކަރަންޓު ދިޔަ ސަބަބު ހޯދަން އެ ކުންފުނީގެ އިންޖިނޭރުންގެ  މަސައްކަތް ކުރަމުންދާއިރު މާލޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ކަރަންޓު ދީފަ އެވެ.

ސްޓެލްކޯގެ މީޑިއޯ އޮފިޝަލް އަހުމަދު މުހައްމަދު ވިދާޅުވީ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފައިވާ ކަމަށާ އަދި ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. 

ކަރަންޓު ދިއުމުގެ ސަަބަބުން މާލޭގެ ސްކޫލްތަކުގެ ކިޔެވުން ހުއްޓާލައި ކުދިން ގެއަށް ފޮނުވާލަން ޖެހުނެވެ. ކަރަންޓް ކެނޑުމަށްފަހު ސްޓެލްކޯ އިން އެންމެ އިސްކަމެއްގެ ގޮތުގައި ކްރިޓިކަލް އިންފްރާސްޓްރަކްޗާ އާއި ހޮސްޕިޓަލްތަކަށް ވަނީ ކަރަންޓު ދީފަ އެވެ. 

އަޕްޑޭޓް - މާލޭގެ ބޮޑު ބަޔަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން މިހާރު ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.