ސްޓެލްކޯ އިން ބުނެފައިވާ ގޮތުގައި މާލޭ އާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދެވިފައިފަ އެވެ.
މާލެ ސަރަހައްދުން އެއްކޮށް ކަރަންޓު ގޮސްފައިވާއިރު، ކަރަންޓު ދޭން ސްޓެލްކޯ އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހޮސްޕިޓަލްތަކަށް ކަރަންޓު ދީފި އެވެ.
ސްޓެލްކޯ އިން ބުނެފައިވާ ގޮތުގައި މާލޭ އާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދެވިފައިފަ އެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މާލެ ސަރަަހައްދު / ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިމެނޭހެން ކަރަންޓު ކެނޑިފައިވާތާ ގަޑިއެއްހާއިރު ވަނީ ވެފަ އެވެ. ކަރަންޓު ދިއުމުގެ ސަބަބުން ސްކޫލްތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ކަރަންޓު ދިއުމާ ގުޅިގެން އުސް އިމާރާތްތަކުގެ ލިފްޓްތަކުގައި ބައެއް މީހުން ތާށިވެފައިވާތީ އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.