މާލެ، ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގުކުރަން ރައީސް އަންގަވައިފި

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން މިއަދު ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

މުޅި މާލެއާއި ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް މީގެ ގަޑިއެއްހާއިރު ކުރިން ވަނީ ކަރަންޓު ކެނޑިފަ އެވެ. 

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށެވެ. 

"އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ފުލުހުން ވަނީ ރައީސް އެންގެވި ގޮތަށް ކަން ހިނގައި ދިޔަ ގޮތް ބަލަމުންދާ ކަމަށް ބުނެފަ އެވެ.

ސްޓެލްކޯ އިން ބުނެފައި ވަނީ ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ގްރޭޓާ މާލެ ގުރިޑް އަލުން އެނަޖައިޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކްއަޕްތައް މިހާރު ފުރިހަމަ ކުރަމުންދާ ކަމަށާއި، މި ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި، ހުޅުމާލެއަށް ކަރަންޓު ދެވިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކަރަންޓު ދިއުމުގެ ސަބަބުން ސްކޫލު ތަކުގެ ކިޔުވުން މެދުކަނޑާލުމަށްފަހު ދަރިވަރުން ދަނީ ގެއަށް ފޮނުވާލަމުންނެވެ. އަދި ހޮސްޕިޓަލްތަކާއި އޮފީސްތަކާއި އެހެނިހެން ހިދުމަތްދޭ ތަންތަން ވެސް ހުއްޓުވުމަކަށް އައިސްފައިވެ އެވެ.

އަޕްޑޭޓް - ސްޓެލްކޯ އިން ބުނީ މާލެ އާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށާފައިވާ ކަމަށެވެ. އަދި ކްރިޓިކަލް ތަންތަން ކަމަށްވާ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދީފައިވާ ކަމަށާއި، މާލެ އާއި ހުޅުމާލޭގެ އެހެނިހެން ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.