ރާއްޖެ-ޔޫކޭ ޑަޔަލޮގުން އެފްޓީއޭ އުނިކުރި ސަބަބު ސާފުކޮށްދޭން އެމްޑީޕީން ގޮވާލައިފި

އެ ބައްދަލުވުމަށްފަހު، ދެ ގައުމު ގުޅިގެން ނެރުނު ރަސްމީ ބަޔާނުގައި، މަހުގެ ޑިޔުޓީ އާއި މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކުރެވުނު ކަމެއް ސީދާ ބަޔާންކޮށްފައެއް ނުވެ އެވެ.

ރާއްޖެ-ޔޫކޭ ޑަޔަލޮގް ގެ ދެވަނަ ބައްދަލުވުން. --ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ކުރީގެ ސަރުކާރުން ފެށި މަޝްވަރާތަކުގެ ވާހަކަ، މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް-ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި ހިމަނާފައި ނުވާކަމުގެ ކަންބޮޑުވުން އެމްޑީޕީން ފާޅުކޮށްފި އެވެ.

އޭރުގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އިނގިރޭސިވިލާތާއެކު އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުން މަޝްވަރާތައް ފަށައި، ބާރު ސްޕީޑުގައި ކުރިއަށްދިޔަ ކަމަށެވެ.

މިގޮތުން، އޭރުގެ ސަރުކާރުން ކުރި މަސައްކަތުން އިނގިރޭސިވިލާތަށް ރާއްޖޭން ބޭރުކުރާ މަހަށް ނަގަމުންއައި ޑިއުޓީ 24 ޕަސެންޓުން އިން 20 ޕަސެންޓަށް 2020 ވަނަ އަހަރު ތިރިކުރުމަށްފަހު، އެ ޑިޔުޓީ މުޅީން ކަނޑާލުމަށް ދެ ގައުމުގެ ދެމެދުގައި ފްރީ ޓުރޭޑް އެގްރީމަންޓެއް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"...މި ފަހަރުގެ ޑައަލޮގުގައި އެކަން އުނިކޮށްފައިވާ ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށް ދެއްވުމަށް ގޮވާލަމެވެ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެ ބައްދަލުވުމަށްފަހު، ދެ ގައުމު ގުޅިގެން ނެރުނު ރަސްމީ ބަޔާނުގައި، މަހުގެ ޑިޔުޓީ އާއި މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކުރެވުނު ކަމެއް ސީދާ ބަޔާންކޮށްފައެއް ނުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.