ޔުމްނު ވެއްޓުން: ކޮމިޝަންގެ ރިޕޯޓު ދެ ހަފްތާ ތެރޭ ހަވާލުކުރަނީ

ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އުފެއްދެވި ހާއްސަ ކޮމިޝަންގައި އިސްކޮށް އައްޔަނުކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މެންބަރުން --

ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށާއި، ދެ ހަފުތާ ތެރޭގައި ފައިނަލް ރިޕޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އުފެއްދެވި ހާއްސަ ކޮމިޝަންގައި އިސްކޮށް އައްޔަނުކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ. 

ދެން އެ ކޮމިޝަނަށް އައްޔަނު ކުރައްވާފައި ވަނީ، ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދާއި، ޑރ. މޫސާ މުރާދު އާއި ޖަބީން މުހައްމަދު އަދި އާމިނަތު އީނާސް އެވެ. މީގެ ތެރެއިން އީނާސްއަކީ އެޗްއާރުސީއެމްގެ ކުރީގެ ރައީސެވެ. ޖަބީންއަކީ ހުޅުމާލެ ހޮސްޕިޓަލްގެ ނާސިން ޑިރެކްޓަރެވެ. ޑރ. މުރާދަކީ އައިޖީއެމްއެޗުގެ ސީނިއާ ފިޒީޝަނެކެވެ.

މި ކޮމިޝަން އުފައްދާފައި ވަނީ، ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށްކަމުގައި ރައީސްގެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާ ކުރުމަށް މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ. އޭނާ އަކީ ޔުމްނު ވެއްޓުމުގެ ކުރިން ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. އޭނާގެ މައްޗަށް އޮތީ ޔުމްނު ވެއްޓުމުން އަޅާނުލުމުގެ ތުހުމަތެވެ. އެ މައްސަލައިގައި އޭނާ ބަންދުކޮށްގެން ގެންގުޅުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ކޮމިޝަނުން ވަނީ ރައުދު ބަންދުގައި ހުއްޓައި ބައްދަލުކޮށް މައުލޫމާތު ހޯދައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.