ދަރިފުޅަށް ޖިންސީ ގޯނާކުރި ބައްޕަގެ މައްސަލަ އަލުން ބަލަން އަންގައިފި

އޭނާގެ މައްޗަށް އޮތް ތުހުމަތަކީ އުމުރުން ހަ އަހަރުގެ އުފަން ދަރިފުޅަށް ގޭގެ ފަހާނާ ތެރޭގައި ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ.

ހައިކޯޓުގެ ނަން ބޯޑު

އުފަން ދަރިޔަކާ ބެހުނު މައްސަލައެއް ސާބިތުވެ، ޖަލަށްލާފައި ހުރި އެކުއްޖާގެ ބައްޕަގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ހުކުމް ކުރުމާއެކު އޭނާ މިނިވަން ވެއްޖެ އެވެ.

މި މައްސަލައިގައި މުހައްމަދު ނިޔާޒް ކިޔާ މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް އޮތް ތުހުމަތަކީ އުމުރުން ހަ އަހަރުގެ އުފަން ދަރިފުޅަށް ގޭގެ ފަހާނާ ތެރޭގައި ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ.

މި މައްސަލަ ސާބިވެ، އޮކްޓޯބަރު 11، 2023 ގައި އޭނާ 15 އަހަރަށް ޖަލަށްލާން ދަށު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އޭނާގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން، އަލުން މައްސަލަ ބެލުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.

ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ދަށު ކޯޓުން މައްސަލައިގެ ހެކި ވަޒަންކޮށްފައި ވަނީ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށްވާއިރު، އެ ފަރާތް ކޯޓަށް ހާޒިރުކޮށް، ހެކިބަސް ނުނެގި ސަބަބު ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ހުކުމުގައިވާ ގޮތުން، ސައިކޮލޮޖިކަލް އެސެސްމެންޓްގައި ކުއްޖާ ކިޔައިދިން ގިނަ ވާހަކަތަކެއް ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން، ހަގީގަތުގައިވެސް ކުއްޖާގެ ބައްޕަ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދެނެގަތުމުގެ ބޭނުމަށް، އަދި އެއީ ހަގީގަތުގައި ވެސް ކުއްޖާ ކިޔައިދިން ވާހަކަތަކެއްތޯ ކަށަވަރު ކުރުމަށް އެ އެސެސްމެންޓް ހެދި ފަރާތުގެ ހެކިބަސް ނެގުން މުހިންމު ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

އެ ފަރާތުގެ ހެކިބަސް ދަށު ކޯޓުން ނުނަގައި ދޫކޮށްލީ ދިފާއުންނާއި ދައުލަތުން ވެސް އެކަމަށް އިއުތިރާޒު ކޮށްފައި ވަނިކޮށް ކަމަށް ވެސް ހުކުމުގައިވެ އެވެ. 
 
އެހެންވެ، ސައިކޮލޮޖިސްޓުގެ ހެކިބަސް ނެގުމަށާއި، ދިފާއަށް ވެސް އެފަރާތާ ސުވާލު ކުރުމުގެ ފުރުސަތު ދިނުމަށް މި މައްސަލަ އަލުން ދަށު ކޯޓުން ބަލައި، ދަށު ކޯޓުން އިއްވި ހުކުމް ބާތިލު ކުރުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެގޮތަށް ހުކުމް ކުރުމާއެކު އޭނާ މިނިވަންވީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.