ގެދޮރު ނެތް 18 އަހަރުން މަތީގެ މީހުންނަށް ބޯހިޔާވަހިކަމުގެ ލިޔުން ދޭން ފަށަނީ

ލިޔުން ހަވާލުކުރާއިރު އެ މީހަކަށް ގޯތި ނުވަތަ ފްލެޓް ލިބޭ ތަން ޔަގީންވެ، މާލެ ސަރަހައްދުގައި ހިއްކާ ބިންތަކުން، އެ މީހަކު ހިޔާރުކުރާ ތަނަކުން ގޯތި ނުވަތަ ފްލެޓް ހަމަޖެހިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޑރ. މުއިއްޒަށް ތާއީދު އޮތްކަން ހާމަކޮށް ޒުވާނުން ބޭއްވި ސައިކަލު ބުރު: ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައި

މާލެ ސަރަހައްދުގައި ދާއިމީ ބޯހިޔާވަހިކަމެއް ނެތް ދިރިއުޅޭ، 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ގޯތި ނުވަތަ ފްލެޓު ލިބޭނެކަމުގެ ލިޔުން މި އަހަރުގެ ތެރޭގައި ދޫކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އަމިއްލަ ގެދޮރެއް ނެތް 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގެދޮރު ކަށަވަރުކޮށްދިނުމަކީ އެ މަނިކުފާނު ރިޔާސީ ވައުދުފުޅެއް ކަމަށެވެ. 

"މާލޭގައިވެސް، އެއްވެސް ރަށެއްގައިވެސް "ފަސްޓް ހޯމް" ނުވަތަ އަމިއްލަ ފުރަތަމަ ގެ ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަން. އެ މީހުންނަށް އަމިއްލަ ގެއެއް ނުވަތަ ފްލެޓެއް ލިބޭނެކަން ކަށަވަރުކޮށްދޭނަން. ރަސްމީގޮތުން އެކަން ކަށަވަރުކޮށް، މި އަހަރު ނިމުމުގެ ކުރިން ލިޔުން ދޭނަން،" ރައީސް ވިދާޅުވި އެވެ.

ލިޔުން ހަވާލުކުރާއިރު އެ މީހަކަށް ގޯތި ނުވަތަ ފްލެޓް ލިބޭ ތަން ޔަގީންވެ، މާލެ ސަރަހައްދުގައި ހިއްކާ ބިންތަކުން، އެ މީހަކު ހިޔާރުކުރާ ތަނަކުން ގޯތި ނުވަތަ ފްލެޓް ހަމަޖެހިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

މިގޮތުން، މާލެ ސަރަހައްދަށް ބިން އިތުރުކުރުމަށް ގުޅިފަޅު، ގިރާވަރުފަޅު، އުތުރު ތިލަފަޅު އަދި ރަސްމާލެ އަންނަނީ ހިއްކަމުންނެވެ. މިގޮތުން، އެ ސަރަހައްދުތައް ހިއްކައި ނިންމައި، ތަރައްގީ ކުރެވޭ މިންވަރަކުން އެ މީހުންނަށް ގޯތި ނޫނީ ފްލެޓު ހަވާލުކުރަމުން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.