ކަރަންޓު ޓެރިފުން ނަގާ އަގު ދަށް ކުރުމަކީ ހެޔޮލަފާ ވެރިކަމުގެ ހަގީގީ މަންޒަރު: ފަހުމީ

ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ކުރީގެ އެއްވެސް ސަރުކާރަކަށް ކުރަން ކެރުނު ކަމެއް ނޫން ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ

ކަރަންޓު ޓެރިފުން ނަގާ އަގު ދަށް ކުރުމަކީ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ފެންނަމުންދާ ކަމެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ނުވަތަ އާންމު ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް މާދަމައިން ފެށިގެން ދަށް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ކުރީގެ އެއްވެސް ސަރުކާރަކަށް ކުރަން ކެރުނު ކަމެއް ނޫން ކަމަށެވެ. 

"ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި، ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނެސް، އަގު ދަށްކޮށް އިއުލާންކުރެއްވި ކަމަށްޓަކައި އެމަނިކުފާނަށް އިހުލާސްތެރިކަމާއެކު، މަރުހަބާއާއި ޝުކުރު ދަންނަވަން،" ފަހުމީ ވިދާޅުވި އެވެ.

ޓެރިފްތަކަށް ގެންނަ ބަދަލު

  •  ބޭންޑް 0-100: މިހާރު 1.50 | އާ ރޭޓް: 1.25
  •  ބޭންޑް 101-200: މިހާރު ނަގާ ރޭޓް 1.70 | އާ ރޭޓް 1.50
  •  ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15 | އާ ރޭޓް 1.50
  •  ބޭންޑް 301-400: މިހާރު ނަގާ ރޭޓް 2.50 | އާ ރޭޓް 1.50
  •  ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95 | އާ ރޭޓް 2.66
  •  ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55 | އާ ރޭޓް 3.20
  •  ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25 | އާ ރޭޓް: 3.83

މާހިރުން ބުނެފައިވާ ގޮތުގައި ކަރަންޓް ބިލްތައް ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ކަރަންޓް ޓެރިފްތައް އެތުރިފައިވާ ގޮތަށެވެ. ޓެރިފްއަކީ އެނާޖީ އޮތޯރިޓީން އެކުލަވާލާ އެއްޗެކެވެ. ނަމަވެސް މީގެ ސަަބަބުން ހިދުމަތްދޭ ކުންފުންޏަށް ލިބޭ ގެއްލުން ބޮޑުވާނެ އެވެ. ރާއްޖޭގައި ޓެރިފް ރޭޓުތަކަށް ބަދަލު ގެނެސްފައިވަނީ 2009 ވަނަ އަހަރު އެވެ. އޭގެ ކުރިން ޓެރިފް ހުރީ ތިން ބޭންޑަކަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.