ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންފި

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ސައުދީގައި ތިއްބަވާނީވެސް، ސައުދީ ސަރުކާރުގެ ހާއްސަ މެހްމާންދާރީގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ ދެކަނބަލުން ހައްޖު އަޅުކަން އަދާކުރައްވަން މިއަދު ސައުދީއަށް ފުރާވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ސައުދީގައި ތިއްބަވާނީވެސް، ސައުދީ ސަރުކާރުގެ ހާއްސަ މެހްމާންދާރީގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ ދެކަނބަލުންނާއި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުހައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވަ އެވެ.

ރާއްޖޭން ހައްޖަށްދާ ހާޖީން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ފުރައިފަ އެވެ. އެންމެ ފަހު ގުރޫޕު ދިޔައީ ބުރާސްފަތި ދުވަހު އެވެ. ހައްޖު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.