ކަރަންޓް ޓެރިފަށް އަންނަ ބަދަލާއެކު ބިލްތައް ކުޑަވާނެ

ރާއްޖޭގައި ޓެރިފް ރޭޓުތަކަށް ބަދަލު ގެނެސްފައިވަނީ 2009 ވަނަ އަހަރު އެވެ. އޭގެ ކުރިން ޓެރިފް ހުރީ ތިން ބޭންޑަކަށެވެ.

މޯލްޑިވްސް އެކްސްޕޯ ހުޅުއްވައި ދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއާ ބައްލަވައި ލައްވަނީ -- ރައީސް އޮފީސް

ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ނުވަތަ އާންމު ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް މާދަމައިން ފެށިގެން ދަށް ކުރުމާއެކު ކަރަންޓު ބިލްތައް ބޮޑުތަކުން ކުޑަ ވެގެންދާނެެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާދަމައިން ފެށިގެން ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި އެއާ އެއްގޮތަށް އަމަލު ކުރަން އެ ކުންފުނިތަކުގައި އެދިވަޑައިގެންފަ އެވެ. 

ޓެރިފްތަކަށް ގެންނަ ބަދަލު

  •  ބޭންޑް 0-100: މިހާރު 1.50 | އާ ރޭޓް: 1.25
  •  ބޭންޑް 101-200: މިހާރު ނަގާ ރޭޓް 1.70 | އާ ރޭޓް 1.50
  •  ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15 | އާ ރޭޓް 1.50
  •  ބޭންޑް 301-400: މިހާރު ނަގާ ރޭޓް 2.50 | އާ ރޭޓް 1.50
  •  ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95 | އާ ރޭޓް 2.66
  •  ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55 | އާ ރޭޓް 3.20
  •  ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25 | އާ ރޭޓް: 3.83

މާހިރުން ބުނެފައިވާ ގޮތުގައި ކަރަންޓް ބިލްތައް ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ކަރަންޓް ޓެރިފްތައް އެތުރިފައިވާ ގޮތަށެވެ. ޓެރިފްއަކީ އެނާޖީ އޮތޯރިޓީން އެކުލަވާލާ އެއްޗެކެވެ. ނަމަވެސް މީގެ ސަަބަބުން ހިދުމަތްދޭ ކުންފުންޏަށް ލިބޭ ގެއްލުން ބޮޑުވާނެ އެވެ. ރާއްޖޭގައި ޓެރިފް ރޭޓުތަކަށް ބަދަލު ގެނެސްފައިވަނީ 2009 ވަނަ އަހަރު އެވެ. އޭގެ ކުރިން ޓެރިފް ހުރީ ތިން ބޭންޑަކަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.