އަންހެން ހެދުން އަޅައިގެން އަގުބޮޑު ގަޑިއެއް ވަގަށް ނެގި މީހަކު ބަންދަށް

ލިބިފައިހުރި ސީސީޓީވީ ފުޓޭޖްތަކަށް ބަލާއިރު، އޭނާ ވައްކަން ކުރަން ފިހާރައަށް ވަނީ އަންހެން ހެދުން އަޅައިގެން، ސިފަ ނޭންގޭ ގޮތަށް މޫނު ބުރުގާ އަޅައިގެން ކަމަށް ފުލުހުން ވަނީ ބަންދު މަޖިލީހުގައި ބުނެފަ އެވެ.

ކްރިމިނަލް ކޯޓް ހިންގާ އިމާރާތް --

ދުރާލާ ރާވައިގެން ފިހާރައަކުން އަގު ބޮޑު ގަޑިއެއް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 47 އަހަރުގެ މުހައްމަދު ސިމާދު ކިޔާ މީހެކެވެ. އޭނާގެ މައްޗަށް އިއްޔެ ނެރުނު ކޯޓު އަމުރުގައިވާ ގޮތުން، އޭނާ ވަނީ ފިހާރައަކުން 67،500 ރުފިޔާގެ "އޮމެގާ" ބްރޭންޑުގެ ވަގަށް ނަގާފަ އެވެ.

ފުލުހުންނާ ހަވާލާދީ އަމުރުގައިވާ ގޮތުން ގަޑި ވަގަށް ނަގާފައި ވަނީ ތިން މީހަކު ގުޅިގެން ރާވައިގެންނެވެ. ލިބިފައިހުރި ސީސީޓީވީ ފުޓޭޖްތަކަށް ބަލާއިރު، އޭނާ ވައްކަން ކުރަން ފިހާރައަށް ވަނީ އަންހެން ހެދުން އަޅައިގެން، ސިފަ ނޭންގޭ ގޮތަށް މޫނު ބުރުގާ އަޅައިގެން ކަމަށް ފުލުހުން ވަނީ ބަންދު މަޖިލީހުގައި ބުނެފަ އެވެ. 

މިހާތަނަށް ފުލުހުންނަށް އެ ގަޑި ހޯދިފައެއް ނުވެ އެވެ. ފުލުހުން ތުހުމަތު ކުރަނީ އެގަޑި އެހެން މީހަކަށް ވިއްކާލާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.