މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް، އީދަކީ ޖޫން 6

ސައުދީ ސަރުކާރުން ކުރި އިއުލާނުގައި ބުނީ ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައިވާކަން ސާބިތުވެފައި ވާތީ މާދަމާ އަކީ މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.

ގެފުޅު: --

މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާ އަށް މިރޭ ފެނުމުން މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ ގައުމުގެ ސަރުކާރުން ދާދިދެންމެއަކު ކަނޑައަޅައިފި އެވެ.

ސައުދީ ސަރުކާރުން ކުރި އިއުލާނުގައި ބުނީ ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައިވާކަން ސާބިތުވެފައި ވާތީ މާދަމާ އަކީ މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.

އެހެންކަމުން އަރަފާތު ދުވަހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަސް ކަމަށާއި ބޮޑު އީދު ދުވަހަކީ ހަ ވަނަ ދުވަސް ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ސައުދީ ސަރުކާރުގެ އިއުލާންއާ ގުޅިގެން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ސައުދީ އަށް ޒުލްހިއްޖާ މަހުގެ ހަނދު ފެނިފައިވުމާ އެކު، ރާއްޖޭގައި ހަނދު ސާބިތުކުރުމުގެ އުސޫލަށް ރިއާޔަތްކޮށް، ރާއްޖެއިން ސައުދީގެ ނިންމުމަށް އަމަލުކުރަން ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ.

މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދާ ބައެއް ދިވެހިން މިހާރު ތިބީ ސައުދީގަ އެވެ. މި އަހަރު ވެސް ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.