ޗޮކުލެޓެއް ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދު ކޮށްފި

ޝުރައިހުގެ މައްޗަށް ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އޭނާ ވައްކަން ކޮށްފައި ވަނީ ރެޑްވޭވް ޕްލާޒާއިން ކަމަށެވެ. އެ ފިހާރައިގެ ހަރުން އޭނާ ވަހަށް ނަގާފައި ވަނީ 14 ރުފިޔާއަށްދޭ 50 ގުރާމުގެ ސްނިކާ ޗޮކުލެޓެކެވެ.

ކްރިމިނަލް ކޯޓްގެ ނަންބޯޑް

ސްނިކާސް ޗޮކްލެޓެއް ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

ވައްކަމުގެ މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ޝުރައިހު ޝަރީފް ކިޔާ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

ޝުރައިހުގެ މައްޗަށް ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އޭނާ ވައްކަން ކޮށްފައި ވަނީ ރެޑްވޭވް ޕްލާޒާއިން ކަމަށެވެ. އެ ފިހާރައިގެ ހަރުން އޭނާ ވަހަށް ނަގާފައި ވަނީ 14 ރުފިޔާއަށްދޭ 50 ގުރާމުގެ ސްނިކާ ޗޮކުލެޓެކެވެ.

އޭނާ ވައްކަން ކުރާ މަންޒަރު ފިހާރައިގެ ސީސީޓީވީ ބަލަން އިން މީހާއަށް ފެނުމާއެކު އޭނާ ހުއްޓުވައި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ޝުރައިހު ކޯޓުގައި ބުނެފައި ވަނީ އެ ޗޮކުލެޓަކީ 14 ރުފިޔާއަށް ދޭ އެއްޗެއް ކަމަށާއި އެހެންކަމުން ގިނަ ދުވަހު ބަންދުގައި ނުބެހެއްޓުމަށް ވަނީ އެދިފަ އެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި މީނާއަކީ ބަންދު ރެކޯޑު އޮތް ފަރާތެކެވެ. އެގޮތުން، މިއަހަރުގެ ތެރޭގައި ވެސް ތިން ފަހަރެއްގެ މަތިން ކުށުގެ ތުހުމަތުގައި އޭނާ ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.