ހުޅަނގު މޫސުން ފެށިއްޖެ، ކުރިއަށް އޮތް 5 ދުވަސް މޫސުން ގޯސް

މެޓުން ބުނީ މާދަމާ އިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުން ގޯސްވެ ކަނޑު ގަދަ ވެފައި: ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސް -- ފޮޓޯ: ދަ މިރާ

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

މެޓުން ބުނީ މާދަމާ އިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

އަދި އެ ސަރަހައްދުގެ ބައެއް ރަށްރަކަށް އުދަ އަރައިފާނެ ކަމަށާއި، ބައެއް ރަށްރަށަށް ގުގުރުމާއެކު ވިއްސާރަ ކޮށްފާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.

"ވީމާ ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ދަންނަވަން،" މެޓުން ބުންޏެވެ.

ރާއްޖޭގައި ހުޅަނގު މޫސުން ފެށުން

މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި މިއަހަރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައި ވަނީ މިމަހުގެ ހަތްވަނަ ދުވަހު އެވެ. އަދި މެދުރާއްޖެތެރެއަށް މިމަހުގެ 12 ވަނަ ދުވަހު ފެށިފައިވާއިރު، އެންމެ އުތުރަށް ހުޅަނގު މޫސުން ފެށުނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުވަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލެވެ. ހުޅަނގު މޫސުމަކީ މޭމަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލެވެ.

މެޓުން ބުނީ އޭޕްރީލް މަހާއި ޑިސެމްބަރު މަހަކީ އާންމު ގޮތެއްގައި ދެ މީހުން ބަދަލުވާ ދުވަސްވަރު ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.