ޝަމްއާނަށް ދައުވާ ކޮށްފި، ސާބިތުވެއްޖެނަމަ ދިގު މުއްދަތަކަށް ޖަލަށް

މިހުރިހާ ދައުވާ އެއް ސާބިތުވެއްޖެނަމަ މަދުވެގެން ނުވަ އަހަރުގެ ޖަލު ހުކުމެއް ޝަމްއާންގެ މައްޗަށް އަންނާނެ އެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަމްއާން ވަހީދު --

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކޮށްފި އެވެ.

މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ތުހުމަތު ކުރަނީ އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ބަންދުން ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާއެކު އަތުލައިގަތް 500،000 ރުފިޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދި ކަމުގެ ތުހުމަތެވެ.

މި މައްސަލައާ ގުޅިގެން ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކޮށްފައިވާ ތިން ދައުވާ އަކީ؛

  •  ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ - ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް
  •  ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ - އަހަރަކާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް
  •  ލޯންޑްރިންގެ ކުށުގެ ދައުވާ - ފަސް އަހަރާއި 15 އަހަރާ ދެމެދު ހުކުމެއް

މިހުރިހާ ދައުވާ އެއް ސާބިތުވެއްޖެނަމަ މަދުވެގެން ނުވަ އަހަރުގެ ޖަލު ހުކުމެއް ޝަމްއާންގެ މައްޗަށް އަންނާނެ އެވެ. 

އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. އެ ދައުވާގައި ޝަމްއާންގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި އޭނާގެ އަތުގައި ބެހެއްޓި 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ޕީޖީ އޮފީހުން ވަނީ ދައުވާގައި އެދިފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް 257،475 ރުފިޔާ އާއި 10،000 ޑޮލަރު އާއި އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައި، ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.