ފެމެލީ ކޯޓުން ބުނި ގޮތުގައި މިއަދުގެ ރަސްމީ ގަޑީގައި 23 ކައިވެނި ކޮށްދޭނެ އެވެ. އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަދަކީ ރީތި ތާރީހަކަށްވާތީ މިއަދު ފެމެލީ ކޯޓުން 59 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެކޯޓުން ބުނެފި އެވެ.
މިއަދުގެ ތާރީހަކީ ނަންބަރުން ބަލާނަމަ އެއީ 25/5/25 އެވެ. މިފަދަ ކޮންމެ ރީތި ތާރީހެއް އަންނަ ކޮންމެ ދުވަހެއްގައި ގިނަ ބަޔަކު ކައިވެނި ކުރެ އެވެ.
ފެމެލީ ކޯޓުން ބުނި ގޮތުގައި މިއަދުގެ ރަސްމީ ގަޑީގައި 23 ކައިވެނި ކޮށްދޭނެ އެވެ. އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޯޓުން ބުނެފައި ވަނީ މިއީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ކައިވެނި އަގުދު ކޮށްދޭ ދުވަސް ކަމަށެވެ. އެހެންކަމުން، ކޯޓަށް އަންނަ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް އިންތިޒާމްތަކެއް ޖަހައްސައިދީފައިވާ ކަމަށެވެ. އެގޮތުން، ކޯޓު ދޮރުމަތީ ހިޔާ ކުރަން ޓެންޓް ޖަހައި، ގޮނޑި ޖަހާފައިވެ އެވެ.
މީގެ ކުރިން ވެސް ރީތި ތާރީހުތަކާ ދިމާކޮށް ގިނަ ކައިވެނި ކޮށްދޭ ދުވަސްތަކުގައި މިފަދަ އިންތިޒާމްތައް އެކޯޓުން ހަމަޖައްސައިދެ އެވެ.
މާލޭގެ އިތުރުން މުޅި ރާއްޖޭގައި ވެސް މިއަދު ކައިވެނި ގިނަވާނެ އެވެ. ރާއްޖޭގައި އަބަދުވެސް ރީތި ތާރީހުތަކުގައި ކައިވެނި ކުރާ މިންވަރު އިތުރެވެ.