މިއަދު ވެސް އުތުރަށް ވިއްސާރަ

ރޭ ދަންވަރުން ފެށިގެން އެ ސަރަހައްދަށް އޮތީ ސަމާލު ނެރެފަ އެވެ. އެހެންވެ، އެ ސަރަހައްދުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން މޫސުމާ ބެހޭ އިދާރާއިން ވަނީ އެދިފަ އެވެ.

މޫސުން ގޯސް ދުވަހެެއް: -- ދަމިރާ

ވައިގަދަދެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް މޫސުމީ ހުދު އިންޒާރު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ސަމާޅު ނެރެފަ އެވެ.

މި ސަމާލަކީ އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ނެރެފައިވާ ސަމާލެކެވެ. 

ރޭ ދަންވަރުން ފެށިގެން އެ ސަރަހައްދަށް އޮތީ ސަމާލު ނެރެފަ އެވެ. އެހެންވެ، އެ ސަރަހައްދުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން މޫސުމާ ބެހޭ އިދާރާއިން ވަނީ އެދިފަ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތުގައި، އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވެ އެވެ. އެހެން ހިސާބުތަކަށް މޫސުން ރަގަޅު ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

މިހާރު ރާއްޖެއަށް ވަނީ ހުޅަނގު މޫސުން ފެށިފަ އެވެ. މިކުރަނީ އެ މޫސުމުގެ ވިއްސާރަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.