ޑޮލަރުން ބަލައިގަތް އާމްދަނީ ބައި ބިލިއަން ޑޮލަރަށްވުރެ މައްޗަށް

މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް 551 މިލިއަން ޑޮލަރު ވަނީ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފަ އެވެ، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ 417 މިލިއަން ޑޮލަރުގެ އާމްދަނީ އެވެ.

ޓޫރިސްޓުންތަކެއް ރާއްޖޭގައި: ޓޫރިޒަމުން ލިބޭ އާމްދަނީ ދަނީ އިތުރުވަމުން -- މިރާ

މި އަހަރުގެ މިހާތަނަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޑޮލަރުން ބަލައިގަތް އާމްދަނީ ބައި ބިލިއަން ޑޮލަރަށްވުރެ މައްޗަށް ޖެހިލައިިފި އެވެ. 

ދައުލަތުގެ ޓެކްސް އިދާރާ (މީރާ) ގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް 551 މިލިއަން ޑޮލަރު ވަނީ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ 417 މިލިއަން ޑޮލަރުގެ އާމްދަނީއާ ބަލާއިރު 75 ޕަސެންޓުގެ އިތުރުވުމެކެވެ. 

މި އަހަރުގެ މި މުއްދަތުގައި ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީއަކީ 439 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ މި އަދަދު އުޅެނީ 351 މިލިއަން ޑޮލަރެވެ. ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ ވަނީ 80 ޕަސެންޓުގެ އުފުލުމެއް އައިސްފަ އެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި އަހަރު 111 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބުނީ 65 މިލިއަން ޑޮލަރެވެ. 

ގިނައިން އާމްދަނީ ލިބުނު ދާއިރާތައް

  •  ޖީއެސްޓީ - މި އަހަރު 298 | މިދިޔަ އަހަރު 278 މިލިއަން ޑޮލަރު
  •  އިންކަމް ޓެކްސް - މި އަހަރު 53 މިލިއަން ޑޮލަރު | މިދިޔަ އަހަރު 18 މިލިއަން ޑޮލަރު
  •  ގްރީން ޓެކްސް - މި އަހަރު 49 މިލިއަން ޑޮލަރު | މިދިޔަ އަހަރު 27 މިލިއަން ޑޮލަރު
  •  ޓޫރިޒަމް ބިމުކުލި އިތުރު ކުރުން - 30 މިލިއަން ޑޮލަރު
  •  ޓޫރިޒަމް ބިމު ކުލި - މި އަހަރު 37 މިލިއަން ޑޮލަރު | މިދިޔަ އަހަރު 35 މިލިއަން ޑޮލަރު

މި އަހަރުގެ މިހާތަނަށް ޖީއެސްޓީގެ ގޮތުގައި މި އަހަރު 298 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިދިޔަ އަހަރު 278 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި މި އަހަރު އިންކަމް ޓެކުހަށް މި އަހަރު 53 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މިދިޔަ އަހަރު 18 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.