ގިނަ ކުންފުނިތަކާއެކު އައި ފީލް މޯލްޑިވްސް އައިޓީބީ ޗައިނާއަށް

އައި ފީލް މޯލްޑިވްސް އިން އައިޓީބީ ޗައިނާ ފެއާ އޮންނާނީ މިމަހުގެ 27 އިން 29 އަށް ޗައިބާގެ ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައެވެ.

ރާއްޖޭން މިދިޔަ އަހަރު އައިޓީބީ ފެއާގައި ބައިވެރިވަނީ

ރާއްޖޭގެ ޓޫރިޒަމް ގިނަ ކުންފުނިތަކާއެކު އައިޓީބީ ޗައިނާ ފެއާއަށް ދާން އައި ފީލް މޯލްޑިވްސް ތައްޔާރު ވެއްޖެ އެވެ. 

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެންޑޯޒްކޮށްގެން އައި ފީލް މޯލްޑިވްސް އިން އައިޓީބީ ޗައިނާ ފެއާ އޮންނާނީ މިމަހުގެ 27 އިން 29 އަށް ޗައިބާގެ ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައެވެ. 

ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް މާކެޓުގައި އޮންނަ މި ފެއާގައި ރާއްޖެއަކީ މި އަހަރު އޮފިޝަލް ހޮސްޓް ކަންޓްރީ އެވެ. މި ފެއާއަށް އައި ފީލް މޯލްޑިވްސް އިން ދަނީ ގިނަ ކުންފުނިތަކެއްގެ އެހީތެރިކަމާއެކުގަ އެވެ.

މި އަހަރުގެ އައިޓީބީ ޗައިނާ ފެއާއަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ގުރުއަތެއް ނަގައި ގިނަ އިނާމުތަކެއް ދިނުންމަށްވެސް ހަމަޖެހިފައިވެ އެވެ.

ޗައިނާ އިން މިދިޔަ އަހަރު 263,340 ޓޫރިސްޓުން އައިސް ޓޫރިޒަމްގެ 12 ޕަސެންޓް ހިއްސާއެއް ކޮށްފައިވެ އެވެ. އަދި މިއަހަރުގެ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 101،814 ޗައިނާ ޒިޔާރަތްތެރިންނަށް މަރުހަބާ ކިޔާފައިވެ އެވެ.
ޗައިނާއިން ބޭރުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަދަދު މި އަހަރު 40 ޕަސެންޓް އިތުރުވެ 180 މިލިއަނަށްވުރެ އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.