ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި

ޖޭއެސްސީން މިމަހުގެ 17 ވަނަ ދުވަހު ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ އެވެ. އެ މުއްދަތު މިއަދު މެންދުރުފަހު 12:00 އަށް ހަމަވެފައިވާއިރު 12 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އެއީ؛

ސުޕްރީމް ކޯޓު: 12 ބޭފުޅަކު ފަނޑިޔާރު ކަމަށް ވަނީ ކުރިމަތިލައްވާފައި --

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިލަތިލާން ހުޅުވައިލި ފުރުސަތު ހަމަވިއިރު، 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ މަމަގާމުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ރައްޔިތުންގެ މަޖިލީހުން ވަކިކުރުމުންނެވެ. މަޖިލީހުން ދެ ފަނޑިޔާރުން ވަކިކޮށްފައި ވަނީ ދެ ފަނޑިޔާރުންގެ މައްޗަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހިންގި ތަހުގީގަށްފަހު ވަކިކުރަން ނިންމައި މަޖިލީހަށް ހުށަހެޅުމުންނެވެ.

ޖޭއެސްސީން މިމަހުގެ 17 ވަނަ ދުވަހު ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ އެވެ. އެ މުއްދަތު މިއަދު މެންދުރުފަހު 12:00 އަށް ހަމަވެފައިވާއިރު 12 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އެއީ؛

  • 1.ހައިކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް
  • 2.ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް
  • 3.ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަބްދުލްގަނީ މުހައްމަދު
  • 4.ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
  • 5.ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު
  • 6.ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް
  • 7.ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާގިބް އަހުމަދު
  • 8.ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު
  • 9.ކުރީގެ އެސިސްޓެންޓް ފްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒުނާ އަހުމަދު
  • 10.ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް
  • 11.ގ. އަންމޯލް، އިބްރާހީމް އަލީ
  • 12.ގއ. ކޮނޑޭ، ދާރުއްސަލާމް، މުހައްމަދު އިބްރާހީމް

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނު ކުރަނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އެ ކޯޓުގައި ތިއްބަވަނީ ހަތް ފަނޑިޔާރުންގެ ބެންޗެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.