މާޒިޔާއިން ކްރިސްބޯ ހާޑްވެއާގެ ބްރޭންޑާއެކު ހާޑްވެއާގެ ވިޔަފާރިއަށް

މާޒިޔާ ޓްރޭޑާސް އިން ރާއްޖެ އަށް ތައާރަފުކުރި އިންޑޮނޭޝިއާގެ ކްރިސްބޯގެ އުފެއްދުންތަކީ އިމާރާތް ކުރުމުގެ ދާއިރާ އެންމެ ބޮޑަށް ފުޅާވަމުންދާ ދެކުނު އިރުމަތީ އޭޝިއާގައި އެންމެ މަގުބޫލު އެއް ބްރޭންޑެވެ.

މާޒިޔާ ޓްރޭޑާސް ވުޖޫދުވުން ފެށިފަައިވަނީ 2000 ގެ އަހަރުތަކުގަ އެވެ. ދުވަސްވަރުން ފެށިގެން ޒަމާނަށް އައި ބަދަލާއެކު މި ވިޔަފާރި ފުޅާވަމުން ދިޔައީ ޓްރޭޑިންގެ ދާއިރާގަ އެވެ. ނަމަވެސް މާޒިޔާ ޓްރޭޑާސް ކާމިޔާބު ދިގު ތާރީހެއް ކަޑައްތު ކުރުމަށްފަހު މިވަނީ ހާޑްވެއާގެ ވިޔަފާރިއަށް ނުކުމެފަ އެވެ. މި ވިޔަފާރިއަށް އެ ކުންފުނި ނުކުމެ މިވަނީ އިންޑޮނޭޝިއާގެ ކްރިސްބޯގެ އުފެއްދުންތައް ރާއްޖެ އަށް ތައާރަފުކޮށްފަ އެވެ.

މާޒިޔާ ޓްރޭޑާސް އިން ރާއްޖެ އަށް ތައާރަފުކުރި އިންޑޮނޭޝިއާގެ ކްރިސްބޯގެ އުފެއްދުންތަކީ އިމާރާތް ކުރުމުގެ ދާއިރާ އެންމެ ބޮޑަށް ފުޅާވަމުންދާ ދެކުނު އިރުމަތީ އޭޝިއާގައި އެންމެ މަގުބޫލު އެއް ބްރޭންޑެވެ. މި ބްރޭންޑުގައި ގިނަ ރޭންޖްތަކެއްގެ އުފެއްދުންތައް ލިބެން ހުރެ އެވެ. މިގޮތުން ދަނޑުވެރިކަމަށް އަތްމަތި ފަސޭހަކޮށްދޭ ސާމާނާއި ގޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ހާއްސަ ޓޫލްސް އަދި ގޭތެރެ މަރާމާތު ކުރަން ބޭނުންކުރާ އެކި އިލެކްޓްރިކް އާލާތްތައްވެސް ހިމެނެ އެވެ. އަދި އޮފީހާއި ގުދަން ފަދަ ތަންތަން އަދި އިމާރާތް ކުރުމުގެ ދާއިރާއަށް ހާއްސަ ހާޑްވެއާގެ ފުލް ރޭންޖު ހިމެނެ އެވެ.

މަޖީދީމަގުގައި ހުޅުވި މާރިޒާ ހާޑްވެއާގެ ފިހާރައާއެކު މިހާރު ވަނީ ޕްރޮމޯޝަނެއްވެސް ފަށާފަ އެވެ، މި ޕްރޮމޯޝަންގެ ދަށުން ގަންނަ ހުރިހާ އެއްޗިއްސަށް 15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި 200ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ލަކީޑްރޯ ލިބޭނެ އެވެ. މި ޕްރޮމޯޝަންގައި "ގެޓް ލަކީ ޑިޕް" ގެ ދަށުން ކްރިސްބޯގެ "13 އިން 1 ޕޮކެޓް" ޓޫލް އިނާމެއްގެ ގޮތުގައި ލިބޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.