"ވާނުވާ" ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއިދޭން ނިންމައިފި

އެ އޮފީހުން ބުނީ ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް މިންވަރު ބަލާނެ ކަމަށެވެ. އެގޮތުން އެކަން ދެނެގަތުމަށް ފުލުހުންނާއި ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ހާއްސަ އެސެސްމެންޓެއް ތައްޔާރު ކުރާނެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް، ފޮޓޯ: ދައުރު

އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ނުވަތަ ޓެގް އެޅުވުމަށްފަހު "ވާނުވާ" ބަންދަށް ލުއި ބޭނުންވާ ފަރާތްތަކުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް އެ އޮފީހުން ހުޅުވާލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ވާނުވާ ބަންދު ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެ އޮފީހުން ބުނީ ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް މިންވަރު ބަލާނެ ކަމަށެވެ. އެގޮތުން އެކަން ދެނެގަތުމަށް ފުލުހުންނާއި ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ހާއްސަ އެސެސްމެންޓެއް ތައްޔާރު ކުރާނެ އެވެ. 

"މި އެސެސްމަންޓުގައި، ބަންދަށް ލުއި ދެވޭ މީހުން މޮނިޓާ ކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެ. މި އެސެސްމަންޓަކީ މި އޮފީހުގެ އެންގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރުކުރާނެ އެސެސްމަންޓެއެއް،" ޕީޖީ އޮފީހުން ބުންޏެވެ.

ބަންދަށް ލުއި ދިނުމުގައި އަމަލު ކުރާނެ ގޮތް

  •  ލުއި ދެވޭނީ އެސެސްމެންޓަށް ބެލުމަށްފަހު ލުއި ދެވިދާނެ ކަމަށް ފެންނަ މީހުންނަށް
  •  ލުއި ދެވިދާނެ ކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާ ކުރަން ކޯޓަށް ހުށަހަޅާނެ
  •  ލުއި ދެވޭނީ ގިނަވެގެން 100 ދުވަހަށް، ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ މަތިން
  •  ކޮންމެ 100 ދުވަހަކުން 1 ފަހަރު ބަންދު މުރާޖައާ ކުރާނެ
  •  އެއްވެސް ޝަރުތަކާ ހިލާފުވެއްޖެނަމަ ވަގުތުން ބަންދުކުރާނެ

ޕީޖީ އޮފީހުން ބުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތްތަކުގެ ވަކީލަށް ބަންދު މުރާޖައާ ކުރަން ހުށަހަޅަން މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް އެދި ހުށަހެޅުމުގެ ފޯމު، ވެބްސައިޓުންނާއި ކައުންޓަރުން ލިބޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.