ހިޔާގެ އެޗް11 ފްލެޓް ކައިރީ ހިންގި މި މާރާމާރީއާ ގުޅިގެން އިއްޔެ ހައްޔަރު ކޮށްފައި ވަނީ މއ. ޝެލްޓާ، މާލެ، މުހައްމަދު ރައިހާން ހުސެއިން (18އ) އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.
ހިޔާގެ އެޗް11 ފްލެޓް ކައިރީ ހިންގި މި މާރާމާރީއާ ގުޅިގެން އިއްޔެ ހައްޔަރު ކޮށްފައި ވަނީ މއ. ޝެލްޓާ، މާލެ، މުހައްމަދު ރައިހާން ހުސެއިން (18އ) އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ. އަދި ދެވަނަ މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި ވަނީ މަށައިގެން ގޮސްފަ އެވެ.
ފުލުހުން ބުނީ މި މާރާމާރީ ހިންގި މީހުން ދެ ފޯނު ވެސް ފޭރިގެންފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.