އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 11.2 ބިލިއަން ރުފިޔާ އެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 77.8 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ.
ޓެކުހާއި ޓެކްސް ނޫން އާމްދަނީ ހިމެނޭހެން، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.5 އިންސައްތައިން އިތުރުވެ ބަޖެޓްގެ ޕްރައިމަރީ ސާޕްލަސް 3.3 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މާލީ ވުޒާރާއިން އެންމެފަހުން ނެރުނު މެއި ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީއާއި ހަރަދުކުރި މިންވަރު އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތަށްވުރެ 5.5 އިންސައްތަ އިތުރު އަދަދެކެވެ.
އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 11.2 ބިލިއަން ރުފިޔާ އެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 77.8 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ.
މި އަހަރަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 36.3 އިންސައްތަ މިމަހުގެ 15 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާއިރު މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 26.3 އިންސައްތަ އެވެ.
މި އާއެކު ދައުލަތުން ކޮށްފައިވާ ޖުމުލަ ހަރަދު ވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 20.3 ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން، 15 މެއި ގެ ނިޔަލަށް 12.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައިވަނީ 16.2 ބިލިއަން ރުފިޔާ އެވެ. އެއާއެކު، ބަޖެޓްގެ އޯވަރޯލް ސާޕްލަސް މިވަނީ 1.5 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ބަޖެޓްގެ ބެލެންސް ހުރީ 2.5 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.