ލިވަޕޫލްގެ އޮފިޝަލުން ރާއްޖެއަށް | ކުރިއަށް ހުރި ޕްރޮގްރާމްތަކުގެ ތައްޔާރީތަކެއް

މި ހާއްސަ ދަތުރުގައި ވަފުދުގައި އިސްކޮށް ހުންނެވީ ޕާޓްނާޝިޕްސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޕޯލް އާއި ލިވަޕޫލް އެފްސީގެ ޑައިރެކްޓާ އޮފް ގްލޯބަލް ޕާޓްނާޝިޕް ޑިވެލޮޕްމަންޓް އެލެކްސް ފްރޭޒާ އެވެ.

ލިވަޕޫލް ފުޓްބޯލް ކްލަބުގެ ސީނިއާ ޓީމުގެ އޮފިޝަލް ގްރޫޕަށް ރާއްޖެއަށް ޒިޔާރަތްކޮށް ކުރިއަށް ހުރި ޕްރޮގްރާމްތަކުގެ ތައްޔާރީތަކެއް ފަށައިފި އެވެ. 

މި ދަތުރަކީ ވިޒިޓް މޯލްޑިވްސް ގެ ސްޓްރެޓެޖިކް ޕާޓްނާޝިޕް ތަރައްގީ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ހާއްސަ ދަތުރުގައި ވަފުދުގައި އިސްކޮށް ހުންނެވީ ޕާޓްނާޝިޕްސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޕޯލް އާއި ލިވަޕޫލް އެފްސީގެ ޑައިރެކްޓާ އޮފް ގްލޯބަލް ޕާޓްނާޝިޕް ޑިވެލޮޕްމަންޓް އެލެކްސް ފްރޭޒާ އެވެ.

މި ދަތުރުގައި ލިވަޕޫލް އެފްސީގެ ވަފުދުން ސަރުކާރުގެ އިސްވެރިންނާއި ކެބިނެޓުގެ ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްވެރިންނާ އެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްވަރާތަކުގެ މަގްސަދަކީ އެއްބާރުލުން އިތުރުކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް އާ ސްޓްރެޓެޖީތައް ހެދުމާއި، ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް އެހީތެރިވެދިނުމެވެ.

ލިވަޕޫލް އެފްސީގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކަށް ވިޒިޓް މޯލްޑިވްސް މިއަހަރު އެ ކްލަބުގެ މިޑް ސީޒަންގައި ހަމަޖެއްސުމާ ގުޅިގެން، ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ވަނީ ފެނިގެންގޮސްފަ އެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން ދުނިޔޭގެ ކުޅިވަރުގެ އެންމެ ބޮޑު އެއް ޕްލެޓްފޯމްގައި ރާއްޖެ ހިމެނި، ބައިނަލްއަޤްވާމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ވިޒިބިލިޓީ އާއި ބްރޭންޑް ރިކޮގްނިޝަން ރަނގަޅުވެ، ކުޅިވަރުގެ ފަތުރުވެރިކަމުގައި އައު ފުރުޞަތުތައް ހޯދުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީތައް ހާމަވެގެންދެއެވެ. ލިވަޕޫލް އެފްސީ ފަދަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފުޓުބޯޅަ ކްލަބަކާ ގުޅިގެން ފުޓުބޯޅައިގެ ފޭން ބޭސްތަކަށާއި ހާއްސަކޮށް ކުޅިވަރަށް އޮތް ލޯބި ލަގްޒަރީ ޓްރެވަލް އެކްސްޕީރިއެންސްއާ އެއްކޮށްލުމުގެ ފުރުސަތު ފަހިވެގެން ދެ އެވެ.

އަންނަ އޮގަސްޓް މަހު ފަށާ 2025/26 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނާ ދިމާކޮށް ގިނަ ހަރަކާތްތަކެއް ވަނީ ޝެޑިއުލްކޮށްފަ އެވެ. މިގޮތުން ލިވަޕޫލް އެފްސީގެ ކުޅުންތެރިން ހިމެނޭ ވީޑިއޯ ކޮންޓެންޓާއި ބައިނަލްއަގުވާމީ މުހިންމު ކެމްޕެއިނެއް އަންނަ ޖޫން މަހު ފަށަން ހަމަޖެހިފައިވެ އެވެ.

ލިވަޕޫލް އެފްސީއަށް ވަރުގަދަ އަދި ހާއްސަ ފޭންބޭސްއެއް އޮންނަ އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، މެދުއިރުމައްޗާއި އޭޝިއާ ފަދަ އަގުބޮޑު މާކެޓްތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ރާއްޖެ އަކީ ކުރިއަރަމުން އަންނަ އަދި ފަތުރުވެރިކަމުގެ ތަފާތު ޑެމޮގްރަފިކްތަކުގައި އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި އިތުރަށް ހަރުދަނާވެގެންދާނެއެވެ. މި ފޯކަސްޑް ސްޓްރެޓެޖީގެ ބޭނުމަކީ އެފްލުއަންޓް ފަތުރުވެރިން ގެނައުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަގުފަހިކުރުމެވެ.


މިހާތަނަށް މި ޕާޓްނަރޝިޕްގެ ދަށުން ޔޫއޭއީގެ އެކި ކަންކޮޅުތަކުގައި ޓެކްސީ އިޝްތިހާރުތަކާއި، އެރެބިއަން ޓްރެވަލް މާކެޓާއި ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއާގައި ދައްކާލުމުގެ އިތުރުން ލަންޑަން އަންޑަގްރައުންޑް، ލަންޑަން ބްލެކް ކެބް އަދި ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި ހުންނަ އަޕްސްކޭލް އެއާޕޯޓް ލައުންޖްތަކުގައި ފޯކަސްޑް އިޝްތިހާރުތައް ޤާއިމްކުރުން ހިމެނެއެވެ. ގުޅުންހުރި މީޑިއާ ރިލީޒްތަކަށާއި މި ކްލަބުން ދާދި ފަހުން އެންފީލްޑްގައި ކުޅުނު ހޯމް މެޗުތަކުގައި އެލްއީޑީ ސްކްރީންތަކުގައި އަޅުވާފައިވާ އިސްތިހާރުތަށް 200 މިލިއަން ބެލުންތެރިން ވަނީ ފެނިފާކަމަށް ލަފާކުރެވެއެވެ.

ވިޒިޓް މޯލްޑިވްސް އާއި ލިވަޕޫލް އެފްސީއާ ދެމެދު ކުރިއަށްގެންދާ މި ޕާޓްނޝިޕްގެ ސަބަބުން ދުނިޔޭގައި ރާއްޖޭގެ އަގު ވަޒަންކޮށް، ސަނީ ސައިޑް އޮފް ލައިފްގެ ބްރޭންޑް ގިނަ ފަތުރުވެރިންނަށް ފެނިގެންދާނެއެވެ. ޤައުމީ ފަތުރުވެރިކަމުގެ މަޤްޞަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ބައިނަލްއަޤްވާމީ އައު އަދި ތަފާތު އޯޑިއަންސްތަށް ބައިވެރިކޮށްގެން، 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިންގެ އަދަދުގެ އަމާޒަށް ވާޞިލުވުމަށް މި ޕާޓްނަރޝިޕުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދެއެވެ. ވިޒިޓް މޯލްޑިވްސްއިން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށާއި ދުނިޔޭގެ އެންމެ މަޝްހޫރު މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ދަރަޖަ އިތުރަށް ހަރުދަނާ ކުރުމަށް އަމާޒުހިފާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.