މާފަރަށް ޖައްސާފައިވަނީ އެމިރޭޓްސްގެ ވައިޑް ބޮޑީ ބޯޓެކެވެ. މި ބޯޓު ޖައްސާފައިވަނީ މި އެއާޕޯޓު މިފަދަ ބޯޓުތަކަށް ފައްކާ ކުރަން ކުރާ މަސައްކަތުގެ ދަށުންނެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) އަށް ފުރަތަމަ ފަހަރަށް ވައިޑް ބޮޑީ ބޯޓެއް ޖައްސަައިފި އެވެ.
ނ. އަތޮޅުގައި ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓަށް މިއަދު ޖައްސާފައިވަނީ އެމިރޭޓްސްގެ ވައިޑް ބޮޑީ ބޮއިން 777 މަރުކާގެ ބޯޓެކެވެ. މި ބޯޓު މާފަރަށް ޖައްސާފައިވަނީ މި ވަރުގެ ބިޔަ ބޯޓު ފަހަރަށް މި އެއާޕޯޓް ފައްކާ ކުރަން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން މި ތަނުގައި ފުރިހަމަ ކުރަން ޖެހޭ ސެޓްފިކޭޝަން ޕްރޮސެސްތަކެއް ހެދުމަށެވެ.
ނޫނު އަތޮޅުގައި ހުންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑްކޮށް ވައިޑް ބޮޑީ މަތިން ދާބޯޓުތައް ޖާގަ ދިނުމާއި އޮޕަރޭޝަނަލް އެފިޝަންސީ ރަނގަޅު ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ. މި އަޕްގްރޭޑުގެ ދަށުން ރަންވޭ 2.2 ކިލޯމީޓަރުން 2.8 ކިލޯމީޓަރަށް ފުޅާކޮށް، ބޮއިން 777 އަދި އެއާބަސް އޭ330 ފަދަ ބޮޑެތި މަތިންދާބޯޓުތައް އެއާޕޯޓަށް ގެންގުޅެވޭނެ ގޮތް ހަދާނެ އެވެ. މީގެ އިތުރުން އޭޕްރަން ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކޮށް، ޕާކިން ޖާގަ 13 ޖެޓުން 26 ޖެޓަށް ބޮޑުކޮށްފައިވެ އެވެ.